ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ހަރުކަށި ފިކުރުގެ 5 މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިއޮޕަރޭޝަންތަކުގައި އައްޑޫ ސިޓީންވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުންގެ ތެރެއިން 5 މީހެއްގެ ބަންދު މުއްދަތު އިތުރުނުކޮށް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ދޫކޮށްލާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ އެ މީހުން ދޫކޮށްލަން ކޯޓުން ކުރި އަމުރުތައް ހައިކޯޓުގައި މިއަދުގެ ވަގުތެއްގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާކަމަށެވެ. ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަނުގައި މާލޭގެ އިތުރުން، އައްޑޫ ސިޓީންވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އުޅޭ ފަރާތްތަކުގެ އިތުރުން، ނުރައްކާތެރި ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅޭ ފަރާތްތައްވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން