ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ، އެއީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެއިތުރުން އަނިޔާ ލިބުނު މީހާ އެރުވިކަމަށް ބެލެވޭ ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ކުޅުދުއްފުށީގައި އަނިޔާ ލިބުނު ޒުވާނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާގެ ބޮލުގެ ނާށިގަނޑުވެސް ފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތުލިބެއެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް އެނގިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން