އެކްސިޑެންޓުގައި ނިޔާވި އިސްމާއިލް ޔަޒްދާން އަލީ (22އ)
އެކްސިޑެންޓުގައި ނިޔާވި އިސްމާއިލް ޔަޒްދާން އަލީ (22އ)
މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން އިސްމާއިލް ޔަޒްދާން އަލީ (22އ) ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓް ހިނގުމާއެކު ސައިކަލް ދުއްވަން އިން މީހާ ވަނީ އޭނާގެ ފަހަތުގައި އިން ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް ދޫކޮށް ފިލާފައެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިން މީހާ މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު 5:00 ހާއިރުކަމަށެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް އެ ގޯޅިގައި އޮތް ގާޑިޔަލެއްގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގައި މަރުވި ޔަޒްދާން މަރުވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އެނގިފައިވެއެވެ. ނަމަވެސް އޭނާގެ ކަރަށް ގާޑިއަލުގެ މުއްގަނޑު ހެރުމުގެ ސަބަބުން އޭނާ އޮތް ތަނުގައި ބިންމަތީގައި ވެސް އޮތީ ލޭގެ ކޯރެއް ހެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޗައިވާލާ

03-Jun-2021

މަރުވީވެސް މިފޮޓޯއިންފެންނަ ކުއްޖާ.



ޓްރެންޑިން