މޯލްޑިވްސް ބާ ކައުންސިލުގެ މެންބަރު އަނަސް އަބުދުއްސައްތާރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބާ ކައުންސިލުން މިއަދު ކުރި ޓުވީޓެެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަނަސް އެ ކޮމިޓީން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ބާ ކައުންސިލުން ވަނީ އަނަސް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށް މުސްތަގުބަލުގައި އޭނާއަށް ކާމިޔާބަށް އެދިފައެވެ.

އަނަސް އިސްތިއުފާ ދެއްވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭގެއެވެ.

ބާކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އަނަސް އިންތިހާބުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް އޭނާ ވާދަކުރެއްވި ނަމަވެސް ބޮޑުތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން