ފިހާރައަކުން ބުރުމާއެއް ވަގަށް ނެގި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ވައްކަން ކުރި މީހާގެ ވީޑިއޯ ފުލުހުން އާއްމުކޮށްފައިވާއިރު، ފުލުހުން ބުނީ އޭނާއަކީ އޭޕްރީލް 22 ވަނަ ދުވަހުގެ 08:35 އެހާކަންހާއިރު ހައިފިލްސްޓިޗު ނަމަކަށް ކިޔާ ތަނަކުން ކަރަންޓް ބުރުމާއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ.



އެހެންކަމުން އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.

ބުރުމާއެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފައިވާއިރު، ފުލުހުން އިއްޔެ ވަނީ ގެއަކުން ބޫޓެއް ވަގަށް ނެގި މީހަކު ހޯދަންވެސް އިއުލާންކޮށްފައެވެ.

މިފަހަކަށް އައިސް މާލެތެރޭގައި ވައްކަންތައް އިތުރުވެފައިވާކަން މީސް މީޑިއާގައި އެކި ފަރާތްތަކުން ހިއްސާ ކުރަމުން ގެންދާ ވިޑިއޯއާއި ފޮޓޯތަކުން އެނގެއެވެ. އެފަދަ ގިނަ މީހުން ބުނަނީ ވައްކަން އިތުރުވެފައިވަނީ ރަނގަޅަށް ރިހިބިލިޓޭޓް ނުކޮށް އެފަދަ ކުށްކުރާ މީހުން ދެވަނަ ފުރުސަތާއި ފަސޭހަ އަފުއާމް ތަކުގައި ހިމެނިގެން މުޖުތަމަޢަށް ދޫކުރާތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން