އިސްލާމްދީނަށް ހަޖޫޖަހާ މީހަކަށް ލާދީނީ ގޮވުން ކުށަކަށް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އެމްޑީޕީގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ޤާނޫނީ ވަކީލުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޤާނޫނީ ވަކީލު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަކުރާ މީހަކާއި ދިމާއަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެންނުވާނެކަމަށެވެ.



އެމްޑީޕީގެ ފަރާތުން މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ މިއިސްލާހަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އޭގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. މިގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ ލާދީނީ، މިބަސް ރާއްޖޭގެ މާހައުލުގައި ބޭނުންކުރެވެނީ ކާފިރުކުރުމުގެ މާނައިގައި ނޫންކަމަށެވެ. އެއީ އިސްލާމީ އުސޫލުތަކާއި ހިލާފަށް ވާހަކަ ދައްކާ އުޅޭ މީހުންނަށް ނިސްބަތްކުރެވޭ ބަހެއްކަމަށް ޒައިދު ވިދާޅުވިއެވެ. އަދި ބައެއް މީހުން އުޅެނީ އެކަން މާބޮޑުކޮށްލައިގެންކަމަށް ޒައިދު ވިދާޅުވިއެވެ. ޒައިދު ވިދާޅުވީ ވައްކަންކުރާ މީހުންނަށް ވަގޭ ކިޔާ އުސޫލުން، އިސްލާމްދީނުގައި ސާބިތު ހުކުމްތަކާއި ހިލާފަށް ވާހަކަދައްކާ މީހުންނަށް ކިޔަނީ "ލާދީނީ" ކަމަށެވެ. އަދި އެއީ ނަފްރަތު އުފެއްދުން ނޫންކަމަށާއި، އެކަން ނުހުއްޓުވޭނެކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވީ ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރިނަމަވެސް ލާދީނީ މީހަކު އެއީ ދީނީ މީހަކަށް ނުވާނެކަމަށެވެ. އެފަދަ މީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅުކުރަންވެސް ޖެހޭނެކަމަށް އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހައި، ކުފުރުވުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިގެންވާ އަދި ދިވެހިރާއްޖޭގެ ޤާނޫނުގައި ކުށެއްކަމަށެވެ. އަދި އެކުށް މީހަކު ފާޅުގައި ކުރަމުން އަންނަނަމަ އެވާހަކަ ފާޅުގައި ބުނަންޖެހޭކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


9

kinboo

03-Jun-2021

hahaha mihaaru mi vee gothakee mi meehun therey thibi meehunves, mi meehunaa dhimaa ah laadheenee ey goveyney bunan feshun! kekeke



ޓްރެންޑިން