ކާފިއު ގަޑީގައި މާލޭގެ މަގުމަތި ޕެޓްރޯލް ކުރުމުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ. (ފޮޓޯ: ޝާހް، ރަސްއޮންލައިން)
ކާފިއު ގަޑީގައި މާލޭގެ މަގުމަތި ޕެޓްރޯލް ކުރުމުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ. (ފޮޓޯ: ޝާހް، ރަސްއޮންލައިން)
ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 373 މީހަކާއިއެކު ޖުމްލަ 768 މީހުން ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ މާލެ ސަރަހައްދުގައި އެޅި ހަރުކަށި ފިޔަވަޅުތަކާއި، ކާފިއުގެ އަސަރު އެންމެ ބޮޑަށް ފެނުނު އެއް ދުވަސްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއަދަކީ ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު އިތުރު ދުވަހެކެވެ. އެގޮތުން މިއަދު ބަލީގައި މިހާތަނަށް އަށް މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި މެދު އުމުރުގެ މީހުން ހިމެނޭކަން ވެސް ފާހަގަކުރެވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 65،164 އަށް އަރާފައެވެ. އަދި އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 24،035 ގައެވެ.

މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 373 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 395 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 357 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 208 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5،685 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 833 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 40،950 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 169 އަށް އަރާފައެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 310،159 މީހަކު ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 167،757 މީހަކު މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން