ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ.
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ.
ކޮވިޑް ޖެހިގެން ކުޑަކުއްޖަކު ރާއްޖެއިން ނިޔާވެއްޖެއެވެ.



މައުލޫމާތު ލިބޭ ގޮތުގައި މިރޭ ނިޔާވެފައިވަނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި މިކުޑަކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗް އީއާރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ ރާއްޖެއިން ކޯވިޑް-19ގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ. އަދި ކޮވިޑް ބަލި ޖެހޭ ކުޑަކުދިންގެ އަދަދުވެސް މިހާރު ދަނީ އިތުރުވަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން ވަނީ އެއް އަހަރުން ދަށުގެ 381 ކުދިން ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިދިޔަ މަހަކީ ކޯވިޑް-19 ގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަހެވެ. ރާއްޖޭގައި ދުވާލެއްގެ މައްޗަށް 80 އަށްވުރެ ގިނަ ކުދިން ޕޮޒިޓިވް ވަމުންދާތީ ޔުނިސެފުން ވެސް ވަނީ އެކަން ސަމަލުކަމަށް ގެނައުމަށް މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން