މަރުވެ ގިނަ ދުވަސްވެ ކުނިވެފައިވާ ޒުވާން އަންހެނަކު މާލޭގެ ގެއަކުން މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ ކުނިވަސްދުވާތީ ރިޕޯޓު ކުރުމުން، މާލޭގެ ގަލޮޅު އަވަށުގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަރުވެ ގިނަދުވަސްވެފައިވާ ޒުވާނަކު ފެނިފައިވާކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 27 އަހަރުގެ އަންހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަަމުންދާކަމަށް ފުލުހުން ބުނެފައިވާއިރު އިތުރު އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމުން އަލިވެ 02:33 ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން