އެކްސިޑެންޓުގައި ނިޔާވި އިސްމާއިލް ޔަޒްދާން އަލީ (22އ)
އެކްސިޑެންޓުގައި ނިޔާވި އިސްމާއިލް ޔަޒްދާން އަލީ (22އ)
މިދިޔަ ބުދަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން އިސްމާއިލް ޔަޒްދާން އަލީ (22އ) ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓް ހިނގުމާއެކު ސައިކަލް ދުއްވަން އިން މީހާ ވަނީ އޭނާގެ ފަހަތުގައި އިން ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް ދޫކޮށް ފިލާފައެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މެއި 31 ވަނަ ދުވަހު ހަވީރު 5:00 ހާއިރުކަމަށެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކޮށް، ފިލާފައި ނުވާނެ ކަމަށް ކޯޓުގައި ބުނެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 10 ދުވަސް ދީފަ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް އެ ގޯޅިގައި އޮތް ގާޑިޔަލެއްގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގައި މަރުވި ޔަޒްދާން މަރުވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އެނގިފައިވެއެވެ. ނަމަވެސް އޭނާގެ ކަރަށް ގާޑިއަލުގެ މުއްގަނޑު ހެރުމުގެ ސަބަބުން އޭނާ އޮތް ތަނުގައި ބިންމަތީގައި ވެސް އޮތީ ލޭގެ ކޯރެއް ހެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން