ޓެރަރިޒަމާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލަސްވާނަމަ އިތުރު ހަމަލާއެއް އައުން ގާތްކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

އާރިފް މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފިޔަވަޅު އެޅުން ލަސްވެއްޖެކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އާއްޓޭ ކުރި ޓްވީޓެއްގައި ވިދާޅުވީ މަސްއޫލިއްޔަތާއި ޒިންމާ އުފުލުމުގެ ބަދަލުގައި، ކަންކަމަށް ޖޯކު ޖަހައި ފަރުވާ ކުޑަކުރުމުގެ ނަތީޖާއަކީ މާލޭގެ މެދުގައި ބޮމެއް ގޮއްވާލުންކަމަށެވެ. އަދި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލަސްވާނަމަ މިފަދަ ކަމެއް ތަކުރާރުވުމަކީ އެކަށީގެންވާކަމެއްކަމަށް އާއްޓޭ ވިދާޅުވިއެވެ.



މޭމަހުގެ ހަވަނަ ދުވަހުގެ ހަމަލާގެ ފަހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ގޮއްވާލަން ގޮވާލި މީހަކު ފުލުހުން ރޭގައި ވަނީ ހައްޔަރުކޮށްފައެވެ.

މޭމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށްފަހު، އެކަމުގެ ތުހުމަތުގައި 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެފަހުން އެ މައްސަލައާ ގުޅޭ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުޤީޤް ލަސްވާތީ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ އިސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމުގެ ފަހަތުގައި ތިބި ފަރާތްތައް ހާމަކުރުމަށް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން