ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެއިތުރުން އަނިޔާ ލިބުނު މީހާ އެރުވިކަމަށް ބެލެވޭ ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ކުޅުދުއްފުށީގައި އަނިޔާ ލިބުނު ޒުވާނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާގެ ބޮލުގެ ނާށިގަނޑުވެސް ފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތުލިބެއެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އޭނާގެ ސާޖަރީއެއްވެސް ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން