ކ.މާފުށީ ޖެޓީ ސަރަހައްދު ގޮނޑުވެފައި އޮތުމުގެ ސަބަބުން ފަތުރުވެރިން ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުނި މެނޭޖްކުރުން ސްޓެލްކޯއާއި ހަވާލުކުރަން ނިއްމާފައިވާ ކަމަށް މާފުށީ ކައުންސިލްގެ ރައީސް، ހަސަން ސޮލާހު ވިދާޅުވެއްޖެއެވެ.

މާލެ ފިޔަވައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާފުށީ ޖެޓީ ސަރަހައްދުގެ ގޮނޑުވެފައިވާ ފޮޓޯތަކެެއް ވަނީ އާންމުވެފައެވެ. އެފޮޓޯތައް ހިއްސާކޮށް ގިނަ ބަޔަކު އަންނަނީ ކައުންސިލުން ގްރީންޓެކްސް ނަގަނީ ކޮންބޭނުމެއްގައިތޯ ސުވާލު އުފައްދަމުންނެވެ. މާފުށީ ޖެޓީ ސަރަހައްދަށް ކުނި ޖަމާވަމުންދާތާ މިހާރު 3 ވަރަކަށް ހަފުތާވެދާނެ ކަމަށް އެރަށުން "ރަސް އޮންލައިން" އާއި ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.



މިކަމާއި ގުޅިގެން "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ، ކުނީގެ މައްސަލަ އަކީ މާފުއްޓަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލަ އެއް ކަމަށާއި، ކުނި ނައްތާލާ އިންސިނޭޓަރު ކައުންސިލްގައި ހުރި ނަމަވެސް އެ އޮޕަރޭޓް ކުރެވޭނެ ގޮތެެް ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. މީގެ ކުރިން އިންސިނޭޓަރު އޮޕަރޭޓް ނުކުރެވި ވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އާ ކައުންސިލް ހަވާލުވިފަހުން ކުނީގެ މައްސަލަ އަކީ މާފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ބަލައި އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސޮބާހު ވިދާޅުވިއެވެ.

އެގޮތުން އިންސިނޭޓަރު އޮޕަރޭޓް ކުރުމަށް ބޭނުންވާ އެކްސްކަވަރޭޓަރ އާއި ބައެއް މެޝިނަރީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޮބާހު ވިދާޅުވިއެވެ. މާފުށީ ޖެޓީ ސަރަހައްދު ގޮނޑުވެފައި އޮތުމުގެ ސަބަބުން ފަތުރުވެރިންގެ ޝަކުވާ ލިބެމުންދާ ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުނި މެނޭޖްކުރުން ސްޓެލްކޯއާއި ހަވާލުކުރުމަށް ކައުންސިލުން ނިންމާފައިވާއިރު، ތިމާވެށީގެ ދުވަސް ކަމަށްވާ މިމަހުގެ 5 ގައި އެމަސައްކަތް ސްޓެލްކޯ އާއި ހަވާލުކޮށް އެމްއޯޔޫގައި ސޮއިކުރެވޭނެ ކަމަށް ސޮބާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުނި ނައްތާލާ އިންސިނޭޓަރު އޮޕަރޭޓް ކުރަން ސްޓެލްކޯއާއި ހަވާލުކުރުމުން ގޭގެއަށް ގޮސް ކުނި ނެގުމާއި ކުނި ނައްތާލުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިން ކަމަށެވެ.

"ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މާފުށީގެ ކުނީގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން، އަޅުގަނޑުމެންނަށް ހަމަ ޓޫރިސްޓުންގެ ފަރާތުން ތި ޝަކުވާ އާދޭ އެއީ މޫދަށް ކުނި އެޅުމާއި ކަންކަން އެބަދޭ ރިސޯޓްތަކުންވެސް، އެ ދިމާލަށް މި އޮންނަނީ ނެރު. އެހެންވީމާ އޮޔާލާ އަންނަ ހުރިހާ ފުޅިއާއި ހުރިހާ އެއްޗެހި ބަނދަރުތެރެއަށް ވަންނަނީ އަޅުގަނޑުމެންނަށް ހީވަނީ ސްޓެލްކޯ ފަދަ އެކަމަށް ގާބިލް އެކަހަލަ އިންސިއުނޭޓަރު އޮޕަރޭޓްކުރާ އިންޖޭނަރުންވެސް ތިބޭނެ. އެބޭފުޅުންގެ އެއާ ހަވާލުވީމަ ކުނީގެ މައްސަލައަށް ޖުމުލަ ހައްލެއް ލިބޭނެ ކަމަށް މިބަލަނީ." ސޮބާހު ވިދާޅުވިއެވެ.



އިތުރަށް ވާހަކަ ދައްކަވަމުން ސޮބާހު ވިދާޅުވީ، މާފުށީގައި ކުނި އަޅަނީ ކޮއްޓެއް ޖަހައިގެން ކަމަށެވެ. ކުނިގޮނޑު އޮންނަނީ މޫދަށް ހުޅުވާލެވިފައި ކަމަށާއި، އެރަށުގައި 7 ޓަނަށްވުރެ ގިނަ ކުނި އުފައްދާ ކަމަށް ސޮބާހު ވިދާޅުވިއެވެ.

"މާފުށީގައި 7 ޓަނަށްވުރެ ގިނަ ކުނި އެބަ އުފައްދާ މިހާރު މި ހަދާގޮތަކީ ކުނި އަޅާލީމާ ކައިރިކޮށްލާފައި ބަހައްޓަނީ،ވެމްކޯ އާއި ވެސް ވާހަކަ ދެކެވި އެކޮޅުންވެސް ވަނީ އެ ކުނިތަށް ނަގަން އަޅުގަނޑުމެންނަށް އަގެއް ވެސް ފޮނުވާފަ އެކަމާ މިދަނީ މިނިސްޓްރީ އާއި ވާހަކަ ދައްކަމުން، ޖެޓީ ސަރަހައްދުގައި އަބަދު ކުންޏެއް ނޯއްނާނެ އެއީ ދޭތެރެއިން އޮއިވަރާއެކީގައި މި ކުނިގޮނޑު މިއޮންނަނީ އޯޕަންވެފައި މޫދަށް. އޯޕަންވެފައި އޮންނާތީ މި ވާގޮތަކީ މޫދަށް ގޮސްފައި ކުނިތައް މި އަންނަނީ، ރިސޯޓުތަކުން އަޅާ އެއްޗެހިވެސް ނެރުން ލާފައި މި ވަންނަނީ، މިރަށު ޖެޓީގެ އަނެއް ސަރަހައްދަކީ އަޅުގަނޑުމެން ހަމަ އައުޓް ސޯސް ކޮށްގެން ބަޔަކާއި ހަވާލުކޮށްގެން އޮންނަ މަސައްކަތެެއް. އެބޭފުޅުން އެކަން ކުރެވޭ ވަރަށް ރަނގަޅަށް، މޫދުގައި އޮތް ކުނިތައް އަޅުގަނޑުމެންނަށް ވެސް ފެނޭ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.




ކިޔުންތެރިންގެ ހިޔާލު


-11

މުހަންމާ

03-Jun-2021

ތީ ކައުންސިލުން ބަތަކު ގޮވައިބެން ނުކުމެ ކޮށްލެވޭނެ ކަމެއް.



ޓްރެންޑިން