އެމްޕީއެލް ސަރަޙައްދުގައި އޮތް ބޯޓެއްގެ ފަޅުވެރިއަކު ނިޔާވެއްޖެއެވެ.

އެމްޕީއެލުން ބުނީ އެމްޕީއެލް ސަރަހައްދަށް މުދާ ބަރުކުރުމަށް ވަދެ އޮތް ސޮނީ ހާރޑްވެއަރގެ "ފަރުމާ" ބޯޓުގެ ބިދޭސީ ފަޅުވެރިއެއް ހޭ ނެތިގެން ވެއްޓުމުން އެމްޕީއެލްގެ އިމަރޖެންސީ ރެސްޕޯންސް ޓީމުން ވަނީ ވަގުތުން އެ ހާދިސާ ހިނގި ސަރަހައްދަށް ގޮސް، ސީޕީއާރު ދިނުމަށް ފަހު އެމްބިއުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާށެވެ.

އެމްޕީއެލުން ބުނީ ހާދިސާގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށެވެ. ނަމަވެސް އޭނާއަށް ދިމާވި ސިއްހީ މައްސަލައިގައި އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްޕީއެލުން ބުނީ މި ހާދިސާ ރިޕޯޓު ކުރިތާ 3 މިނެޓު ތެރޭގައި އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

އެމްޕީއެލް ތެރޭގައި މީގެކުރިންވެސް ހިނގި ބައެއް ހާދިސާތަކުގައި ބައެއް މީހުން މަރުވެފައިވާއިރު، އެތަނުގެ ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. ނަމަވެސް މިއީ އެފަދަ ހާދިސާއެއް ހިނގައިގެން ހިނގާދިޔަ މަރެއްނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން