ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
މިހާ "ލޮނުމަޑުކޮށް" ކަމެއް ތަޙުޤީޤު ކުރަން އުޅޭ ބައެއް ޙަޔާތުގައިވެސް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ނުރުހުން ފާޅު ކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔަކު އަވަހާރަކޮށްލަން ހަމަލާއެއް ދިނުމުން މިއަށް ވުރެ ބޮޑަށް ލޯ ހުޅުވައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ދިމާވެގެން މިއުޅެނީ އާދައިގެ ކަމެއް ނޫން ކަމަށާއި، އެފަދަ ޙަމަލާއެއް ދިނުމުން ދަޢުލަތަކުން އޭގެ ރިއެކްޝަން ފެންނަން ޖެހޭ ކޮށް ނުފެންނާތީ ހިތާމަކުރާ ކަމަށެވެ.



އަދި އޭނާގެ މުޅި ޙަޔާތުގައިވެސް "މިހާ ލޮނުމަޑުކޮށް މިކަހަލަ ކަމެއްވީމަކާ ކަންކަން ކުރާތަނެއް ނުދެކެން" ކަމަށް އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި އެމްއެންޑީއެފްގެ ފަރާތަކާ ޙަވާލާދީ ރާއްޖޭގެ ނޫހަކުން ވަނީ މައްސަލައިގައި ކުށްވެރިވަނީ ރައީސް ނަޝީދުގެ ޢަމަލުފުޅުތަކާއި، ދިރިއުޅުއްވި ގެ ކަމަށް ބެލެވޭ ގޮތަށް ވާހަކަދައްކާފައެވެ.

ރައީސް ނަޝީދުގެ ތަހުޤީޤާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދިން ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، "ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް" ކަމަށާއި، އެހެން ކަމުން ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް އަދި ގިނަ މައުލޫމާތެއް ކަމުގައިވިޔަސް، އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ. މި މައްސަލާގައި ފުލުހުން ވަނީ 4 މީހަކު ހައްޔަރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން