ކައިވެނި ކުރުމުން ވަކި މުއްދަތެއްގެ ފަހުންނާއި ކުރިން ލިބޭ ހަދިޔާ އަކީ ކައިވެނީގެ ހަދިޔާ ކަމަށްވީނަމަވެސް އެފަދަ ހަދިޔާއިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

އެގޮތަށް އިސްލާހު ހުށައެޅީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރެވެ. ދެހާސް ނަވާރަވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮތް ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކުން ޓެކްސް ދެެއްކުން ވަނީ އިސްތިސްނާކޮށްފައެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމަ ކަމަށެވެ. އެހެންކަމުން އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކުން ޓެކްސް ނެގޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ކައިވެނި ކުރުމުން ވަކި މުއްދަތެއްގެ ފަހުންނާއި ކުރިން ލިބޭ ހަދިޔާ އަކީ ކައިވެނީގެ ހަދިޔާ ކަމަށްވީ ނަމަވެސް އެފަދަ ހަދިޔާއިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށައެޅި އިސްލާހަށް ވާހަކަ ދައްކަވަމުން ޕިޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގޭގޮތަށް ހުށަހެޅުމުން އެކަމުން ދޭހަވަނީ އާމްދަނީ ހޯދަން ސަރުކާރުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ކަަމަށެވެ.

"މި މާއްދާގެ މި ނަންބަރުން އިތުރުކުރެވޭ ނަންބަރުގައި މިއޮތީ ކައިވެނި ކުރާ ފަރާތްތަކަށް މަންމައާއި ބައްޕައާ ދޭ ހަދިޔާއިންވެސް ޓެކްސް ނެގޭ ވާހަކަ. މި ހުންނަނީ ސަރުކާރެއް ޑެސްޕަރޭޓްވެފައި އޮތް މިންވަރު. މި ދައުލަތަކީ އާމްދަނީ ލިބެން އޮތް ދައުލަތެއް. ރިސޯސް ހުރި ދައުލަތެއް." ޝިޔާމް ވިދާޅުވި އެވެ.

ގައުމަށް އާމްދަނީ ހޯދެން އޮތީ ހަމައެކަނި ރައްޔިތުންގެ ޖީބުން ކަމަށްވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށްވެސް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.

ކައިވެނި ކުރުމުން ވަކި މުއްދަތެއްގެ ފަހުންނާއި ކުރިން ލިބޭ ހަދިޔާ އަކީ ކައިވެނީގެ ހަދިޔާ ކަމަށްވީ ނަމަވެސް އެފަދަ ހަދިޔާ އިން ޓެކްސް ނެގޭގޮތަށް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށައަޅާފައިވާ މި އިސްލާހުގެ ބަހުސް މިއަދު ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ބުޝްރާ

03-Jun-2021

އަބަދުވެސް އިސްތިއުފާ މި ނޫންބަހެއް މިވެރިންގެ އަނގަޔަކުން ނުނިކުމޭ ބޫތުކައިފަ ވެރިކަމާހެދި އެހެންނު ވާނީ މި ޝިޔާމަކީވެސް 2013 ގެ ކުރިން ފަގީރު ސޮރެއް އެކަމު 5 އަހަރު ތެރޭ މަހުޖަނަކަށް ވެއްޖެ އެހެންވީމަ އިސްތިއުފާތާ ހުވަފެނުންވެސް ހޭލާ ހުންނަ އިރުވެސް ފެންނާނީ



ޓްރެންޑިން