ކޯވިޑް ޖެހިގެން ރާއްޖެއިން 84 އަހަރުގެ އަންހެނެއް ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެނިކޮށް 84 އަހަރުގެ އަންހެން މީހާ ނިޔާވީ މިއަދު މެންދުރު 2:35 ހާއިރުކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މިއަދު ނިޔާވި 2 ވަނަ މީހާއެވެ. މިއަދުގެ ފުރަތަމަ މަރަކީ ރޭ ނިޔާވި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖާއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 171 އަށް އަރާފައެވެ. 155 ދިވެހިންނާއި 16 ބިދޭސީންނެވެ.



ކޯވިޑް ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރިވެގެން ދިޔައީ ނިމިދިޔަ މޭ މަހުގައެވެ. މޭ މަހު 34516 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ކޯވިޑްގެ ކޭސްތަކުގެ އަދަދު އެއްދުވަހެއްގެ ތެރޭގައި 2000 އިން މައްޗަށްވެސް މެއިމަހުވަނީ އަރާފައެވެ. އަދި މޭމަހު އެކަނި 88 މީހުން ވަނީ ނިޔާވެފައެވެ. މިއީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކަށް 2 މަރަށްވުރެ ގިނަ އަދަދެކެވެ. މޭމަހު މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން އެއްދުވަހެއްގައި ނިޔާވީ މޭމަހުގެ 24 ވަނަދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން