އަައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ އަައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ނިންމާލީ 31 މެއި 2021 ވަނަ ދުވަހުކަމަށެވެ.

މި މަޝްރޫޢަކީ 23 ޖޫން 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަގަކީ 36.5 މިލިއަން ރުފިޔާއެވެ.

މިމަޝްރޫއުގެ ދަށުން ސ. މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 3،125 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގހުކްސް

ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.



މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިނާއި ތަފާތު ހިތްގައިމު ބަނދަރެކެވެ. މިގޮތުން ވާ އައްސާ ކުޅި ތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑް ވެސް ވަނީ ހަރުކުރެވިފައެވެ. އަދި ބަނދަރުގެ ޑިޒައިން ކުރެވިފައިވަނީ ކުރިން މީދޫގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށެވެ.

އެމްޓީސީސީގެ ފަރާތުން އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަޝްރޫޢު ތަކެއްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މިނޫނަސް އައްޑޫ ސިޓީގައި އިތުރު ތަރައްޤީގެ މަޝްރޫޢުތައް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް ރޭވިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން