ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ި

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރުން މަސައްކަތް ކޮށްދޭނެކަމަށެވެ. އެގޮތުން ޖިމްތަކާއި، ސެލޫންތަކާއި، ކެފޭ ރެސްޓޯރަންޓް އަދި އެހެނިހެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑިވެލޮމްޕަންޓް އެސިސްޓަންސް ސްޓިމިއުލަސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމަސައްކަތަށް ލަސްތަކެއް ކުރިމަތިވެގެން އުޅެނީ މިނިސްޓްރީގައި އެމަސައްކަތްކުރުމަށް ހަރަކާތްތެރިވާ ސްޓާފުން ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް ލަސްތަކެއް ނުވެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެކަަމަށް ފައްޔާޒު ވިދާޅުވިއެވެ.



ކޯވިޑާއި ގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޖިމާއި ސެލޫންފަދަ ވިޔަފާރިތައް ވަނީ އެއްކޮށް ބަންދުުކުރަންޖެހިފައެވެ. އަދި ކެފޭ ރެސްޓޯރަންޓްތަކުން ހިދުމަތް ދޭންޖެހޭ އުސޫލުތަކުގެ ސަބަބުން އެ ވިޔަފާރިތަކަށްވެސް ދަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާގޮތުން މިހާލަތު މިގޮތަށް ދާނަމަ އެ ފަރާތްތަކުގެ ވިޔަފާރި ބަންދުކުރަންޖެހިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން