ރާއްޖެއަށް ބޭނުންވާ 96 އެމްބިއުލާންސް މިހާރު އޯޑަރުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު އޮޕަރޭޓް ކުރަމުންދަނީ ފަސް އެމްބިއުލާންސް ކަމަށާއި، އިތުރު އެމްބިއުލާންސް ހޯދުމަށް އޯޑަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އިތުރު 96 އެމްބިއުލާންސަށް އޯޑަރު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ 105 މިލިއަން ރުފިޔާގެ އެމްބިއުލާންސް ކަމަށާއި އެ އެމްބިއުލާންސްތައް މި މަސް ނިމޭ ހިސާބު ނުވަތަ އަންނަ ޖުލައި މަހުގެ ކުރީކޮޅު ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެތަކެތި ލިބުމުން އެމްބިއުލާންސްގެ އެއްވެސް ދަތިކަމެއް އަތޮޅުތަކުގެ ރަށްރަށްވެސް ކުރިމަތި ނުވާނެ ކަަމަށް މިނިސްޓަރު ނަސީމު ވިދާޅުވިއެވެ. އަދި ހަމައެކަނި އެމެޖެންސީ ހާލަތްތަކުގައި އެމްބިއުލާންސް ބޭނުންކުރާގޮތަށް ބަދަލުގެންނަން މިހާރު އަންގާފައިވާކަމަށްވެސް މިނިސްޓަރު ނަސީމް ވަނީ ފާހަގަކުރައްވާފައެވެ.

ނަސީމް މިހެން ވިދާޅުވެފައިވާއިރު، އެމްބިއުލާންސްގެ ހިދުމަތް ލަސްވެގެން ބަލި މީހުންނަށް ފަރުވާ ނުލިބި ލަސްވާ ގިނަ މައްސަލަތަކެއް ފެންމަތިވެ އެފަދަ މައްސަލަ ތަކުގައި ބައެއް މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޥަހީދު

04-Jun-2021

ނަސީމަށް އެނގޭތަ ކިޔޭއެއްޗެއް



ޓްރެންޑިން