ލޯކަލް ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފުކަމަށްވާ، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމުގެ ބާރު ކައުންސިލްތަކުން އަތުލުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މިއިސްލާހު ލާމަރުކަޒީ ޤާނޫނާއި ސިވިލް ސަރވިސް ޤާނޫނަށް ހުށަހަޅުއްވާފައިވަނީ ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.

ޤާނޫނުތައް މިހާރު އޮންނަ ގޮތުން ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ކައުންސިލުގެ ލަފަޔާއެކު ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ސައީދު ހުށަހަޅުއްވާފައިވާ އިސްލާހުގައިވަނީ ކައުންސިލްގެ އެއްވެސް ބަހެއް ނެތި މިކަން ކުރާގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅާފައެވެ. ސައީދު ހުށަހެޅުއްވި އިސްލާހުގައި ބުނީ ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ގާނޫނަށް މިއިސްލާހު ގެންނަން ނިންމީ ދިވެހި ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ، ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމާއި ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ.

މި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވާފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހުން އައްޔަންކުރުމާއިބެހޭ އުސޫލެއް އެކުލަވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ދޮގު

03-Jun-2021

އަމިއްލަ އެދުންބޮޮޑުކަމުން ކުރާހާކަންތައްތައް



ޓްރެންޑިން