ރިޒްވާނާ ތަބައްސުމް
ރިޒްވާނާ ތަބައްސުމް
އިންޑީއާގައި ފްރީލާންސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 28 އަހަރުގެ ރިޒްވާނާ ތަބައްސުމް އަމިއްލައަށް ދަންޖެހިގެން މަރުވި މައްސަލައާއި ގުޅިގެން އެގައުމުގެ ސަމާޖްވާދީ ޕާޓީގެ ލީޑަރު، ޝަމީމް ނޫމާނީ ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ވަރާނަސީ އަވަށުގެ ހަރްޕާލްޕުރްގައި ހޯމަ ދުވަހު ހިނގި މިހާދިސާގައި ޝަމީމް ހައްޔަރުކޮށްފައިވަނީ ރިޒްވާނާ މަރުވިއިރު އޭނާ ލިޔުނު ސިޓީއެއްގައި "އަހަރެންގެ މަރުގެ ޒިންމާ ޝަމީމް ނޫމާނީ ނަގަންޖެހޭނެ" ކަމަށް ލިޔެފައި އޮތުމުން އެކަން ތަހުގީގު ކުރުމަށެވެ.

އެސްއެސްޕީގެ ޕީއާރްއޯ، ސަންޖޭ ތްރިޕާތީއާއި ހަވާލާދީ އައިއޭއެންއެސްއިން ބުނެފައިވާގޮތުގައި ރިޒްވާނާގެ ޕޯސްޓް މޯޓަމް ރިޕޯޓުން ހާމަވެފައިވާގޮތުގައި އޭނާ މަރުވީ ދަންޖެހިގެންކަމަށާއި، ޝަމީމް ހައްޔަރުކޮށް، އޭނާއާއި ސުވާލުކުރުން ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ކަމަށެވެ.

އަބިޝޭކް ޕާންޑޭ ވިދާޅުވީ ރިޒްވާނާގެ ބައްޕަ ކުރި ރިޕޯޓަކާގުޅިގެން ސެކްޝަން 306ގެ ދަށުން އަމިއްލައަށް ދަންޖެހުމަށް އެއްބާރުލުން ދިނުމުގެ ތުހުމަތުގައި ޝަމީމް ނޫމާނީއާއި ދެކޮޅަށް މައްސަލައެއް ފައިލް ކޮށްފައިވާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝަމީމާއި ރިޒްވާނާއަކީ ދުވަސްވީ ދެ ރަހުމަތްތެރިންނެވެ. ނަމަވެސް މި ދެމީހުންގެ ދެމެދުގައި ކުއްލިއަކަަށް މި ދިމާވި މައްސަލައެއް އެއްވެސް މީހަކަށް އަދި ނޭނގެއެވެ. ހޯމަ ދުވަހު ރިޒްވާނާ ކޮޓަރީގެ ދޮރު ނުހުޅުވުމުން ފުލުހުން އައިސް ދޮރު ހަލާކުކޮށްލައިގެން ވަނތްއިރު އޭނާގެ ހުރީ ކޮޓަރީގެ ފަންކާގައި ވާގަނޑެއް އައްސައިގެން ދަންޖެހިފައެވެ.

ރިޒްވާނާއަކީ ބަނާރަސް ހިންދޫ ޔުނިވަރސިޓީއިން މާސް ކޮމިއުނިކޭޝަން ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށް އެތައް ނޫހެއްގައި ފްރީލާންސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް ނޫސްވެރިކަން ކުރަމުން އަންނަ ނޫސްވެރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު


17

މިނިވަންމީހާ

05-May-2020

އޭނާގެދަރިޔަކަށް ބަލިވެއިނީތޯއްޗެއް



ޓްރެންޑިން