ހެލްތު މިނިސްޓަރު އަހުމަދު ނަސީމާކީ އިޚްލާސްތެރި ބޭފުޅެއްކަމަށާއި، ނަމަވެސް އެމަނިކުފާނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައި މިވަނީ ސިއްހީ ދާއިރާގެ އިހުމާލުން ކޯވިޑް ޖެހުނު ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް ކުރިމަތިވުމުންނެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ހެލްތު މިނިސްޓަރ ކެރަފާ އަހުމަދު ނަސީމްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ރޭ ނޫސްވެރިންނާއި ބައްދަލުކުރަށްވައި ހެލްތު މިނިސްޓަރ ނަސީމް ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި އުޝާމް ވިދާޅުވީ، ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ ދެއްކެވި ވާހަކަތައް މާރަނގަޅު ނޫންކަމަށެވެ.

އުޝާމް ވިދާޅުވީ ފެންނަ ފެނުމަށް ބައްލަވާއިރު ނަސީމަކީ އިޙްލާސްތެރި ތެދުވެރި ބޭފުޅެއްކަމަށް ފެންނަކަމަށެވެ. އަދި އެ ބޭފުޅާއަށް ކުރެވެން އޮތް މަސައްކަތެއް ކުރަމުންދާކަން އުޝާމް ފާހަގަކުރެއްވިއެވެ. ނަމަވެސް މައްސަލަ އުޅެނީ ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަމާއިމެދުކަމަށްވެސް އުޝާމް ވިދާޅުވިއެވެ.



އުޝާމް ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ހާލަތަށް ބެލުމަށްފަހު ހެލްތު މިނިސްޓަރުކަމުގެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ނަސީމްކަމަށް ދެންނެވެން ނެތްކަމަށެވެ. އެހެންކަމުން އެކަން ގަބޫލުކުރަށްވައި، މަޤާމުން ދުރަށްޖެހިވަޑައިގެންނެވުމަކީ ގޯސްގޮތެއް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.



ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި އެތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި މިކަމުގައި އާންމުކުރެވެން ހުރި މައުލޫމާތުތައް އާންމުކުރަމުން ގެންދާނެކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

އެކަމުގައި އިހުމާލުއޮތީ އެޓެންޑު ކުރި މީހުންގެ މައްސަލަކަމަށް މިނިސްޓަރ ނަސީމު ވިދާޅުވި ނަމަވެސް އެއީ ކިހާ ހިސާބަކުން އެކަމަށް އެޓެންޑްވި ނުވަތަ އެކަމަށް ޖަވާބުދާރީވެ ހަވާލުވި މީހުންނަކީ ކޮންބައެއް ކަމެއް ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ. އަދި ތަހުގީގު ނިމުމުން އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމް ވަނީ ދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އެޗްޕީއޭގެ އިހުމާލުގެ ސަބަބުން އެމްބިއުލާންސް އައުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވި މައްސަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި މިއަދު އެ ތަހުގީގުގެ ތަފުސީލުތައް ހާމަކުރައްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

މީމޮޔަ

05-Jun-2021

ޤާބިލެއް ނުވާނެ, އޮޕަރޭޝަން ކުރާކަށްވެސް ނޭގޭނެ. ހުޅު ބަދަލު ކުރާކަށްވެސްނޭގޭނެ.އެމްބިއުލެންސް ދުއްވޭނެ. ދޯ.



ޓްރެންޑިން