ރާއްޖޭގެ މުޖްތަމުގައި އެކަކު އަނެއްކަކަށް ލާދީނީ ގޮވަނީ ބުނެެވެން ހުރި ރަނގަޅު ބަސްތައް މަދުކަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ލާދީނީ ގޮވަނީ: އަނގަ ހުތުރުވުން" މިމައުޟޫއަށް ލިޔުއްވައި، މިއަދު އާއްމު ކުރެއްވި މަޒުމޫނެއްގައެވެ.

ރައީސް ނަޝީދުގެ މަޒުމޫނުގައި ވިދާޅުވީ "ލާދީނީ" ކަމަށް އެހެން މީހަކާ ދިމާއަށް ބުނުމަކީ އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެއްކަމަށާއި އެއީ އަނެކާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެއްކުމަށް ބުނާ ބުނުމެއްކަމަށެވެ.

"ބުނެވޭން ހުރި ނުރަނގަޅު ބަސްތައް މަދުކަމުގެ ސަބަބުން ބުނާ ބަސްތަކެއް ކަމަށް ލަފާކުރަން"

ރައީސް ނަޝީދުގެ މަޒްމޫނުގައި މިދިޔަމަހުގެ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން ވަގުތުކޮޅު ހިތުގައި އުފެދުނު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެހާދިސާގައި މަރުގެ ތުންފަތް މައްޗައް ދިޔަކަމަށެވެ. އަދި އެވަގުތު ހިތައްވަދެ އަދި ދުލުން ކިޔަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތައްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މާތް ﷲ ވޮޑިގެން ވާކަމާއި އަދި އެކަލާނގެ މީސްތަކުންނަށް ހެޔޮމަގު ދެއްކެވުމަށް މުހަންމަދުގެފާނު މިދުނިޔެއަށް ފޮނުއްވިކަން ވަރަށް ފުރިހަމައަށް ޤަބޫލް ކުރެވޭ ކަމުގެ ތަސައްވަރާއި އަދި ބަސްތަކެވެ. އަޅުގަޑުގެ ނަސީބު ގަދައީ. މިފަދަ ސާފު ސާދާ ގޮތުގައި އީމާން ތެރިކަން އިހުނަށްވުރެ ވަރުގަދަވުމަށް މާތް ﷲ އަނެއްކާވެސް މެދުވެރި ކުރެއްވީއެވެ"

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީވެސް ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްޤު އެހެން މީހުނަށް އޮންނާން ޖެހޭނެ ކަމަށް އެތައްބަޔަކު ދެކޭކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ކަނޑައެޅިގެން އިސްލާމެއް ކަމަށް އަމިއްލަފުޅަށް ވިދާޅުވާއިރު، ލާދީނީ މީހެއް ކަމަށް ބުނުމަށް އެދިވަޑައިނުގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސުވާލަކީ އަނެއްމީހާ އަޅުގަޑާއި ދިމާއަށް އެފަދަ ބަސްތަކެއް ރައްދު ކުރާން ބޭނުންވާ ސަބަބާއި ގުޅޭ ގޮތުން އުފެދޭ ސުވާލެވެ. އޭނާގެ ނަޒަރުގައި އަޅުގަޑު ގޯހީއެވެ. އެގޯސް އޭނާ ފާހަގަ ކުރާން އެދިދާނެ ދެ ގޮތެއް ވިސްނެއެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ ދިމާލަށް ލާދީނީއޭ ގޮވަނީ އިސްލާމްދީން ޤަބޫލް ކުރާ އެހެން މީހުންގެ ހިތްތަކުގައި އެމަނިކުފާނާމެދު ނަފްރަތު އުފެއްދުމަށެވެ. ނުވަތަ އެމަނިކުފާނުގެ ސަބަބުން ޖުމްލަ ގޮތެއްގައި އިސްލާމް ދީނަށް ގެއްލުންވާކަމަށް ބުނެ، އިސްލާމްދީން ދިފާއުކުރުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި އުންމަތަކީ ފުރިހަމަ އިސްލާމީ އުންމަތެއްކަމަށާއި ދިވެހި ރާއްޖޭގެ ޤާނޫނީ ހުކޫމަތު ބިނާވެފައި ވަނީ އިސްލާމް ދީނުގެ އަސްލު ތަކާއި ހަމަތަކުގެ މަތީގައިކަމަށެވެ. އަދި މީހަކު ލާދީނީ ވެއްޖެ ނަމަ، އެމީހެއްގެ މައްޗަށް ދިވެހި ޤާނޫނު ހިންގޭނެކަމަށާއި އަދި އަބަދުވެސް ހިންގާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަކި މީހަކީ ލާދީނީމީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުންކަމަށެވެ. އަދި އެއީ އެމައްޗައް ޖިނާއީ ދައުވާ އުފުލޭނެ ސަބަބެއްކަމަށާއި އެއްވެސް ދިވެހި ރައްޔަތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން، އެހެން އެއްވެސް މީހެއް ޤާނޫނާއި ޚިލާފްވާނަމަ، އެރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ

"އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތްތެރިވާނީ ވަކި ފަރުދެއްނޫނެވެ. މި ދައުލަތުގެ އިދާރާ ތަކާއި ވުޒާރާތަކެވެ. ތިމަންނާއީދައުލަތް ކަމަށް ދެކުމުގެ ޖާގަ އެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަފާތު ތުހުމަތުތައް ރައްދުވާ ފަރާތްތަކަށް ތަފާތު ބަސްތައް ބޭނުންކުރަމުން އަންނަ ކަމަށެވެ.

"ވައްކަން ކުރީމާ ވަގަށް ގޮވޭ ހަމާގައި އިސްލާ ދީނާ ހިލާފް ވީމާ ލާދީނީ ކަމަށް ބުނެވޭން ޖެހޭ. ބަޅެއްގެ ސިފަ ދައްކާން ފެށީމާ، ބަޅައް އޫރަށް ވެސް ގޮވެންޖެހޭ. ބަލާ މުސީބާތަކަށް ވީމާ އެފަދައިންވެސް ގޮވެން ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި ލާދިނީ ފަދަ ބަސްތައް ބޭނުންކުރުމަކީ އަނގަހުތުރުވެ، ހުތުރު އެއްޗެހި ގޮވުން ކަހަލަ ކަމެކެމެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖްތަމަޢުގެ ވަރަށް ގަދަވަރު ބޭފުޅުންގެ ފަރާތުން އެފަދަ މަންޒަރުތައް ފެންނަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަޑު މަންމަ ކިޔާދިން ވާހަކައެއްގައި މަންމަ ބުނާ ގޮތުގައި ގަލޮޅުގަވެސް ވަކި ހިސާބެއްގައި ވަރަށް ގިނަ ހުތުރު އެއްޗެތި ކިޔާ މީހުން އުޅޭ. މަންމަ ގާތުގައި، މަންމަގެ މާމަ، ކިޔާދީފައި އޮންނަ ހުތުރު ބަސްތަކެއް އޮވޭ. މަހާނަ ދަތްޕިލަ، ގޮބޮޅި ބަންޑު، ދުންދަޑި ދެފައި، ބަތްޕޮޅި ކަންފަތް، އަޑި އަޑީން ދާ، ފަލަ ގުއިރޭ، ކަހަނބަށް ކަންބާ، މިހުންނަނީ އެކަކު އަނެކަކު ދެރަ ކުރުމަށް އެކެއް އަނެކަކާ ދިމާއަށް ގޮވާ ހުތުރު އެއްޗެހި. ޝޭހެއްގެ ފަގުޑި އަޅުއްވާ ހުންނަވާ އިންސާނާ މިހިސާބަށް ދިޔާމާ، ދެން ދަންނަވާނެ އިތުރު ވާހަކައެއް ނެތް" ރައީސް ނަޝީދުގެ މަޒުމޫން ނިންމާލައްވަމުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ކިނބޫ

08-Jun-2021

އާނ! ތެދު ވާހަކައެއް! ލާދީނީ ނޫން އެހެން އެއްޗެއް ކިޔޭކަށް ނެތް. އެހެންވީމާ ލާދީނީ ކިއުން ހުއްޓުވަން ނޫޅެބަލަ. ނުވެސް ހުއްޓުވޭނެ. ކިޔޭނެ. ކިޔާނަން!


-2

އާނަންދަ

08-Jun-2021

ރާބުއީމަ ލާދީނީ ކިޔޭނެ،އަބަަދަކު އެންމެންނަކު ހަމަހޭގައި ތިބޭކަށް ނުޖެހޭ ބުނީމަ ލާދީނި ކިޔޭނެ، ރަސޫލާއަށް ފުރައްސާރަ ކުރީމާ ލާދީނީ ކިޔޭނެ،ރަސޫލާއަށް ޞަލަވާތް ކިޔަން ނުޖެހޭ ބުނީމާ ލާދީނީ ކިޔޭނެ


3

އަބްދޫ

05-Jun-2021

ޅާ ކިޔަނީ އަޜަބި ބަހުން ނޫނޭކޭ.ދީނު ދިވެހިން ކިޔަނީ އިސްލާމްދީނަށް. ލާދީން ގެ މާނަޔަކީ އިސްލާމެއްނޫނޭ.ޢެހެން ކިޔަނީ އިސްލާމަކު އިސްލާމްކަމުން ބޭރުވާފަދަ ކަމެއް ކޮށްފިކަން އެގުމުން.


10

ހަސަނު

05-Jun-2021

"އަނގަހުތުރުވުން" ކީއްކުރަން "ތިމާގެ ނަފްސާ ހިޔާލާތު ބާތިލްއަގީދަތަކުން ތައައްޔަރުވެފަ" އޭ ކިޔަސް އަމާޒުވާނީ ލާދީނީ ވާހަކަ ދައްކާ މީހަކަށް.


8

ބޭބެ

05-Jun-2021

ކިޔޭނެ ބައިވަރު އެއްޗިހި ެބަހުރި ވައްކަމުގެ ކުށް ސާބިތުވެ އަރުވާލެވުނު ޓެރަރިޒަމުގެ ކުށްސާބިތުވެ ޖަލަށް ލެވުނު މަކަރު ޙީލަތް ހަދާގެން ޖަލުން ފިލި މިސްކިތުގެ ހުރުމަތް ކަނޑާ މިސްކިތުގެ ޚުޠުބާތައް ވަގަށްނަގާ އެއިގެ ތެރެއަށް ފިތުނައިގެ ލިއުއު ތައް ލީކަމަށް އެއްބަސްވީމު ދަތުރުޚަރަދުގެ ތެރެއިން 444 ރުފިޔާއަށް,ޚިޔާނާތްތެރިވީމު ބަގުރާ ބޯންޖެބެޔނެ ކަމަށް ބުނީމު މިހެން ކިޔާނެ ކަމެއްނެތް ނުކުރާކަ ނުބައި އެއްކަމެވެސްނެތް ތީހަމަ ފައްކާ މުންކިރެއް


-2

ދޮންމުދިމު

05-Jun-2021

މަސްތުވާ ތަކެއްޗަށް ހިތްވަރު ދިނުމަށް ވާހަކަ ދެއްކުމާ އިސްލާމު ދީނުގައި ބާވައިލެއްވި ޙުކުމްފުޅުތައް ޤަބޫލު ނުކުރުމާއި އެޙުކުމް ފުޅުތައް ރާއްޖޭގެ ޤާނޫނުން ބަދަލު ކުރުމަށް މަސައްކަތް ކުރާނީ އިސްލާމު ދީނަށް ލޯބިކުރާ މީހުންތޯ?


-5

މުހަންމަދު

04-Jun-2021

ކޮންމެ އެއްޗެ ނަޝީދު ކިޔަސް އޭނާ ދައްކާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި މީނާ އަށްލާދީނީކިޔެނެ



ޓްރެންޑިން