ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީގެ ޝޯޝަލް މީޑިޔާ އެކްޓިވިސްޓުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރައްވާ މަސައްކަތްތަކަށް ހެޔޮބަހެއް ނުބުނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ރީކޯ ތުހުމަތު ކުރަށްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ، ޝޯޝަލް މީޑިޔާގައި އެމްޑީޕީ ޕްރޮމޯޓްކުރަން އެންމެ ވަރުގަދައަށް މަސައްކަތް ކުރި އެކްޓިވިސްޓުންނަށް ސަރުކާރުން ވަޒީފާ ދިނުމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރައްވާ މަސައްކަތްތަަކަށް ހެޔޮބަހެއް ބުނެލާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ކަންތައްތަކަށް ހެޔޮބަހެއްވެސް ބުނެލާތަނެެއް ތޮއްޔިބުވެސް ނުފެނޭ، މިދެން ޕާޓީގެ ވާހަކަ އެެއް. އިދާރީ ހިންގުން މާ ބިޒީދޯ؟" އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޫސަ ވިދާޅުވިއެވެ.



މޫސަ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޝޯޝަލް މީޑިޔާ ގިނަ އެކްޓިވިސްޓުންނަށް ސަރުކާރުން ވަނީ ވަޒީފާތައް ދެއްވާފައެވެ. މިކަން ވަރަށް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައިވެސް ރައީސް ޞާލިހު ވަނީ ފާހަގަ ކުރަށްވާފައެވެ.

މޫސަ އެ އިޝާރާތް ކުރަށްވާ އެކްޓިވިސްޓުން މީގެކުރިން ޝޯޝަލް މީޑިޔާގައި ވަރަށް ހަރަކާތްތެރި ނަމަވެސް ސަރުކާރުގެ ވަޒީފާ ލިބުމުން ސަރުކާރު ޕްރޮމޯޓްކޮށްލަން ޝޯޝަލް މީޑިޔާގައި އެފަރާތްތަކުން ވާހަކަ ދައްކާތަން ނުފެންނަކުމުގައި އެހެން ބައެއް ފަރާތްތަކުންވެސް ފާހަގަ ކުރެއެވެ. އޭގެ ބަދަލުގައި ސަރުކާރުން ގެންގުޅޭ ބައެއް ސިޔާސަތުތަކަށް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެފަދަ މީހުން ފާޑުކިޔަމުން ގެންދާކަން ވެސް އެފަދަ ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

ގާބިލު ކަމައި، ތަޖުރިބާއަށް އަދި ފެންވަރަށްވެސް ބެލުމެއް ނެތި ހަމައެކަނި އެމްޑީޕީގެ މެންބަރުންނަށް ނޫނީ އެކްޓިވިސްޓުންނަށް ވީތީ ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމުތައް ދެމުން ގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

އިބްރާ

05-Jun-2021

ޕްރޮމޯޓްކުރާނީ ކިހިނެތްތޯ? ދެންވެސް ހަދަންއޮތީ ބުހުތާން ދޮގު.


6

އަލީ އަހްމަދު

05-Jun-2021

މޫސަބޭ މިހާރު ކޮން ކުލައެއް


11

ފުނަމާ

04-Jun-2021

ކިތަންމެ ހިއްޗަސް ހަގީގަތް ވާނީ ހަގީގަތައް! މީކަންއޮތްގޮތް!😫


1

ޢަލީ ސަޢީދު

04-Jun-2021

އެމް.ޑީ.ޕީ އުފެދި ރަޖިސްޓަރީ ވާން3ހާސްމީހުންގެތެރޭގައިހިމެނިމިހާރުވެސްއަމަލީގޮތުންޕާޓެކުރިމަޖުއުޖާލަކުރަންއަހަރެންގެފެމެލީންމަސަތްކަެއކުރޭ ވަޒީފާއެއް ގުލެޓްގަޑެއްވެސްނުލިބޭ


-8

ދެބޯގެރި

04-Jun-2021

ވަކި އަތަކަށް ޖެހިގެން ނޫސްވެރިކަން ކުރަނީ ކީއްވެބާ! ކޮންމެ ސަރުކާރެއް އޮތަސް އެކްޓިވިސްޓުންނަށް ވަޒީފާދޭނެ. ޔާމީނު ސަރުކާރުގަ ނުދޭތަ? ކޯޑިނޭޓަރ ކިޔާފަ ކޮންމެ އޮފޭހެއްގަ ތަނެއް ދޮރެއް ނުދަންނަ ބުރާންތިން ތިނބި 20 އަށްވުރެ ގިނައިން. ދޭތެރެޖައްސާ ނޫސްތައް އުވާލަންވީ.


15

ދެބޯގެރި

04-Jun-2021

ވަކި އަތަކަށް ޖެހިގެން ނޫސްވެރިކަން ކުރަނީ ކީއްވެބާ! ކޮންމެ ސަރުކާރެއް އޮތަސް އެކްޓިވިސްޓުންނަށް ވަޒީފާދޭނެ. ޔާމީނު ސަރުކާރުގަ ނުދޭތަ? ކޯޑިނޭޓަރ ކިޔާފަ ކޮންމެ އޮފޭހެއްގަ ތަނެއް ދޮރެއް ނުދަންނަ ބުރާންތިން ތިނބި 20 އަށްވުރެ ގިނައިން. ދޭތެރެޖައްސާ ނޫސްތައް އުވާލަންވީ.



ޓްރެންޑިން