ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.

ރާއްޖޭގައި އަދިވެސް އިތުރަށް ކޮވިޑު ފެތުރުމުގެ ނުރައްކާ އޮތުމުން މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިނަކާ ހަމައަށް ދަންމާލަން ނިންމެވީ ކަމަށް މިނިސްޓަރު ނަސީމް ނެރުއްވި ގަރާރުގައި ބުނެފައިވެއެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ ރެކޯޑް އަދަދަކަށް މައްޗަށް ޖެހިފައެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުގައި 24 ގަޑިއިރު ކާފިއު އިއުލާންކޮށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު އެ އަދަދު ކޮންމެވެސް ވަރަކަށް ވަނީ ދަށައް ދާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން