ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ މާބަނޑުމީހަކު އެމްބިއުލާންސް ތެރެއަށް ވިހައިފިއެވެ.

އެއަންހެން މީހާ ވިހާފައިވަނީ އަވަސް ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސްގެ ތެރެއަށެވެ. އެ ހާދިސާ ހިނގިގޮތް އެގޭ މީހަކު "ރަސްއޮންލައިން" އަށް މައުލޫމާތުދެމުން ބުނެފައިވަނީ، ރަށުން މާބަނޑު މީހާ މާލެ ގެނައީ ކޮންމެވެސް ވަރަކަށް ލޭ ފައިބާތީ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް އެމީހާ އައިޖީއެމްއެޗްގެ އީއާރަށް ގެންގޮސް ގައިނީ ޑޮކުޓަރަކަށް ދެދުވަހަކު ދައްކާފައިވާ ކަމަށްއޭނާ ބުންޏެވެ. މާބަނޑު މީހާގެ ދަރިފުޅުގެ ވިންދު ނުޖަހާ ކަމަށް ހީވެގެން އެ ވާހަކަ އޭނާ ބުނުމުން ދަރިފުޅުގެ ވިންދު ޖަހާ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް "ރަސް އޮންލައިން" އަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

"ރަސްއޮންލައިން" އާ ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ޖެހިގެން އައިދުވަހު މާބަނޑު މީހާ ހުންގަދަވެގެން ޑޮކްޓަރަށް ދެއްކުމުން ހަތަރު ގަޑިން ކެއުމަށް ކަމަށް ބުނެ ހުމަށް ބޭސްދިނެވެ. އެ އަންހެންމީހާ އަކީ ހަކުރުގެ މައްސަލަ ހުންނަ ބަލިމީހެކެވެ.

"މިއަދު ފަސްވަނަ ފުލޯގެ ސިޑިން ފައިބަންޖެހެނީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ގުޅާފައި މިހާރު ދެންމެ ދެންމެ ވިހާފާނެޔޭ ސިޑިން ނުބޭލިގެންނޭ ބުނީމަ އައީ ޑްރައިވަރާއި އަންހެންކުއްޖަކާ. ދެން ގޭގަ ތިބި މީހުންނާއި ކައިރީގައި ތިބި މީހުންގެ އެހީތެރިކަމާއެކު ޕޮޒިޓިވް ޕޭޝަންޓެއް ތިރިއަށް ބާލައިގެން އެމީހުން އަމިއްލައަށް އެމްބިއުލާންސަށް އެރުވިއިރު ބެޑެއްވެސް ނެތް، މަޖީދީމަގުން އައިޖީއެމްއެޗް މަގަށް ނޭޅެނީސް އެމްބިއުލާންސް ތެރެއަށް ކުއްޖާ ވިހައިފި." އެމީހާއި ކިޔައިދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުން ބުނީ މާބަނޑު އަންހެނަކު ވިހެއި ދަރިފުޅު ނިޔާވެފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައިމިވަނީ ދާދިފަހުން އެމްބިއުލާންސް ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ކުޑަކުއްޖަކު ނިޔާވުމަށްފަހު އެމްބިއުލާންސްގެ އުސޫލުތައް ބަދަލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

މާބަނޑު މީހުންނަކީ ކޮވިޑު ބަލީގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބަޔެކެވެ. މިހާތަނަށް އައިއިރު ގިނަ އަަދަދެއްގެ މާބަނޑު މީހުންނަަށް ފަރުވާ ދީފައިވާއިރު އެހާލަތުގައި ދުވަސްނުފުރާ ވިހާ ރޭޓުވެސް މަތިވުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ލަކީ

04-Jun-2021

ތިހަބަރު ގަށް ހުރިހާ ވާހަކަ އަކީ ތެދެ ނޫން ވީމާ ތެދު ހަބަރު ކިޔަން އާދަ ކުރައްވާށެވެ


15

ދޮންމަނިކު

04-Jun-2021

އެމްބިއުލާންސް މަގުމަތީ ދުއްވާފައި ދާން ތަނެއް ނުލިބޭވތަންނުވަސްދޭ



ޓްރެންޑިން