އެމެރިކާއިން ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން އިއުލާނުކޮށްފައިވާ ކަމަށެވެ. ވެކްސިންގެ އިތުރުން އިތުރު އެހީ ފޯރުކޮށްދޭން ވެސް އެމެރިކާ އިން ވަނީ ނިއްމާފައެވެ. އެގޮތުން ފޮރިން މިނިސްޓްރީން ބުނީ، އެމެރިކާއިން ހަދިޔާކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓްވެސް ބުރާސްފަތި ދުވަހު ދިވެހިރާއްޖެއާ ރަސްމީކޮށް ހަވާލުކުރާނެ ކަމަށެވެ.

އެމެރިކާއިން ވެކްސިންގެ އެހީ ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވައި ރައީސް ސޯލިހު ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކޮވިޑް-19ގެ މިހާލަތުގައި އެމެރިކާއިން ވެދޭ މި އެހީތެރިކަމަށް ރާއްޖެއިން މަރުހަބާކިޔާ ކަމަށް އެމަނިކުފާނު، ވިދާޅުވެފައި ވެއެވެ.



މީގެ އިތުރުން މި އެހީއަކީ ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގާތްގުޅުމުގެ ރަމްޒެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. މިއީ ޔޫއެސް އެއިޑްގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ. މީގެތެރޭގައި ހިމެނެނީ ކުއްލި ހާލަތުގައި ބޭނުންކުރާ ސާމާނެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ކޮވިޑް-19އިން ދިފާއު ވުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން