ތައިލެންޑްގެ ރައްޔިތުން ފިޔަވައި ރާއްޖެއިން ތައިލެންޑަށް ދަތުރުކުރާ މީހުންނަށް އެގައުމުގެ ބޯޑަރު ބަންދުކުރަން ނިންމައިފިއެވެ.

މިއީ ރާއްޖޭގައި ކޯވިޑް-19 އޮތް ހާލަތަށް ބެލުމަށް ފަހު ތައިލެންޑުގެ ކަމާއިބެހޭ ފަރާތްތަކުން ނިންމި ނިންމެވުމެކެވެ. އެގޮތުން ރާއްޖެއަށް ދަތުރު ކޮށްފައިވާ ތައިލެންޑްގެ މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުން ރާއްޖެއިން ފުރިފަހުން 21 ދުވަސް ނުވާނަމަ ތައިލެންޑަށް އެތެރެވުމުގެ ހުއްދަ ނުދޭން ވަނީ ނިންމާފައެވެ.

ތައިލެންޑުގެ ކަމާއިބެހޭ ފަރާތްތަކުން ބުނީ މިއީ ވަގުތީ ފިޔަވަޅުތަކެއްކަމަށާއި، ހާލަތަށް އަންނަ ބަދަލުތަކަށް ރިޔާއަތްކޮށް މިފިޔަވަޅުތަކަށް ބަދަލު ގެންނާނެ ކަމަށެވެ.

ތައިލެންޑުން އެޅި ފިޔަވަޅާއި ގުޅިގެން ރާއްޖެއިން ތައިލެންޑަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޖެހޭނީ ތައިލެންޑުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ "ގްރީން ލިސްޓް" ގައި ހިމެނޭ ގައުމެއްގައި 21 ދުވަސް ވަންދެން ކަރަންޓީންވުމަށްފަހު އެގައުމަށް ދަތުރުކުރާށެވެ.

ތައިލެންޑުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައި މިވަނީ، ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު އަނެއްކާވެސް އެގައުމުގައި ކޯވިޑް ކޭސްތައް އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރު އެގައުމުގައި ދުވާލަކު ތިން ހާހެއްހާ މީހުން ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން