ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ އިޝްތިޝާރީ ލަފާގައި ޖިނާއީ ތަހުގީގަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރެވޭނެ ކަމަށް އަންގާފައި ނުވާނެކަމަށް މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެެވެ.

ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގެ އޭރުގެ ޗީފް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު މަޖިލީހުގެ ގައުމީ ސަލާމާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރައްވާފައި ވާތީ މަޖިލީހުގެ އެދުމަށް ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި އިޝްތިޝާރީ ލަފަޔެެއް ވަނީ ދީފައެވެ. ސުޕްރީމް ކޯޓުން ކުރިން ދީފައިވާ އެ ލަފާގައި ބުނެފައިވަނީ 241 ކޮމިޓީ އަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުން ދީފައިވާ ކޮމިޓީ ކަމަށް ވާތީ ސިފައިންނާއި ފުލުހުންނާ ބައްދަލުކޮށް މައުލޫމާތު ހޯދޭނެ ކަމަށެވެ.

"މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބާރު ހިނގާނެ ކަން އެނގޭ." ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދިން ލަފާގައިވެއެވެ.

ސްޕްރީމް ކޯޓުގެ ލަފަޔާ ބެހޭގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސާން މޫސާ މަނިކު ވިދާޅުވީ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީގެ އިމުން ބޭރުވާތީ ކަމަށެވެ. ގާނޫނު އަސާސީގެ 98، 99 ވަނަ މާއްދާގައި މަޖިލީހުން ޖިނާއީ ތަހުގީގު ހިންގަންޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށް މޫސަ ވިދާޅުވިއެވެ.

"ސްޕްރީމް ކޯޓުން 2011 ވަނަ އަހަރު ދިން ލަފާގައިވެސް މަޖިލީހުން ހިންގާ ޖިނާއީ ތަހުގީގަށް ސަލާމަތީ ބާރުތަކުގެ ވަކި ވަކި މީހުން ހާޒިރުކުރާކަށް ނާންގާ." މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، ހުވާކޮށްގެން ވަޒީފާގައި ހުންނަ ސަލާމަތީ ޚިދުމަތްތަކުގެ މީހުން އެމީހުންގެ ގާނޫނީ ވާޖިބާއި ގުޅިގެން މަޖިލީހަށް ޖަވާބުދާރީވުމަށް ހާޒިރުކުރެވެނީ ގާނޫނު އަސާސީ އިން ކަނޑައަޅާފައިވާ 241 ކޮމެޓީއަށް އެކަނި ކަމަށާއި، އެއީ ސިއްރު ކޮމެޓީއެއް ކަމަށެވެ. 2011 ވަނަ އަހަރު ސްޕްރީމް ކޯޓުން ހުކުމް ނެރުނީ އޭރުގައި ޑީއާރުޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަކިވަކި ސިފައިންނާއި ފުލުހުން ގެނެސް ސުވާލުކުރަން އެޕާޓީން ބޭނުންވެގެން އެ މުވައްސަސާއިން ގަބޫލުނުވުމުން ކަމަށް މޫސަ ވިދާޅުވިއެެވެ.

"ދެން ޖަވާބުދާރީވާން އައީ އެމުވައްސަސާގެ ވެރިން، ރައީސް ނަޝީދުގެ ވެރިކަމުގައި ސިފައިންނާއި ޖެނެރަލުންނާއި ފުލުސް އޮފިސަރުންނާއި ދެތާނގެ ވަޒީރުންވެސް މަޖިލީހަށް ނުފޮނުއްވާ ދޮޅު އަހަރު ވަންދެން މަޑުކުރެއްވި. ޑީއާރުޕީން ކޯޓަށް ދިޔުމުން ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަކިވަކި މީހުން ކަމަށް ބުނެފައިވަނީ މުވައްސަސާގެ ވެރިން ކަމަށް މާނަކުރި." މޫސަ ވިދާޅުވިއެެވެ.

ސްޕްރީމް ކޯޓުން ދިން ލަފާގެ ވާހަކަ ފެންމަތިވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުކޮށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށާއި، އެ އިދާރާއަށް ޖަވާބުދާރީވާނީ މުޅި މުއައްސަސާގެ ފަރާތުން ކަމަށް ދެކޭ ކަމުގައި އެމްއެންޑީއެފުން ބުނެފައިވާތީ އެކަމާއި މެދު ގާނޫނީ ބޮޑު ބަހުސެއް ފެށިފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޙަސަން

05-Jun-2021

ކަލޭ ކޮން އަނގައެއް ގަޅާކަށް?



ޓްރެންޑިން