ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމިޓީ) އަށް ވަކިވަކި ސިފައިން ހާޒިރު ވުމަށް އެންގުމުން އެ ކަމަށް އިޖާބަ ނުދިން ނަމަވެސް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ޖުމުހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައްޔިތުންްގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށާ އެމްއެންޑީއެފްގެ ފަރާތުން 241 ކޮމެޓީއަށް ޖަވާބުދާރީ ވާނެ މިނިސްޓަރެއް ހުންނާނެ ކަމަށެވެ. 241 ކޮމެޓީއަށް ވަކިވަކި ސިފައިން ހާޒިރު ވުމަށް އެންގި ނަމަވެސް އެކަމަށް އިޖާބަ ނުދިނޭ ބުނެ، ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ގައުމީ ދިފާއީ ބާރުގެ ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން މަޖިލީހުގެ އިދާރާއަށް ވަނީ އަންގާފައެވެ. އެމްއެންޑީއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުން ކަމަށެވެ.

އެމްއެންޑީއެފްގެ އެ ނިންމުމަށް 241 ކޮމެޓީގެ މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ. ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ  ވިދާޅުވީ އެމްއެންޑީއެފްގެ އެ ނިއްމުމަކީ އިންކްއަރީއަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން