ބަނޑިދޫއިން މީހަކު ނިޔާވެ، ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 175 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 11:17 ހާއިރު ކޯވިޑް ޖެހިގެން ބަނޑިދޫގައި ފަރުވާ ދެމުންދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާކަމަށެވެ.

“ރަސް އޮންލައިން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނިޔާވީ ހާލު ދެރަވެގެން މިއަދު މެންދުރު ލ. ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީއަށް ގެންދަން ތައްޔާރުވެފައިވަނިކޮށެވެ.



ރާއްޖެއިން މިހާތަނަށް 175 މީހުން ކޯވިޑް ޖެހިގެން ނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 159 ދިވެހިންނާއި 16 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް ޖެހޭ މިންވަރު އިތުރުވުމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު މިހާރު ކޮންމެވެސް ވަރަކަށް ބަލިޖެހޭ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން ކުރިން ކޮންމެ ދުވަހަކު ހާހަހަކަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންދިޔައިރު، މިހާރު އެ އަދަދުތައް އުޅެނީ 700 އެއްހާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން