ސާބިތު ނުހިފޭ ދޮގު ވާހަކަ މީހުންނާމެދު ދެއްކުމަކީ ދީނުގައި ޙަރާމްކުރަށްވާފައިވާ ކަމެއްކަމަށް ޤާނޫނީ ވަކީލު އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހްމީ މިހެން ވިދާޅުވެފައި މިވަނީ ވައްކަންކޮށްފިނަމަ ވަގަށް ގޮވާ ބީދައިން ލާދީނީވެސް ގޮވޭނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ބަސްފުޅަށް އަމާޒުކުރަށްވައެވެ.

އަލްހާން ވިދާޅުވީ މީހަކު ވައްކަން ކޮށްފިނަމަ ވަގަށް ގޮވާ ބީދައިން މީހަކު ލާދީނީ ވެއްޖެނަމަ އެފަދައިންވެސް ގޮވެންޖެހޭނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަމަށެވެ. ނަމަވެސް މީހެއްގެ އަބުރު ކަތިލެވޭގޮތަށް ސާބިތުނުހިފޭ ދޮގު ވާހަކަ މީހުންނާމެދު ދެއްކުމަކީ ދީނުގައި ޙަރާމްކަމެއްކަން ސާފުކޮށް އެނގޭކަމަށް އަލްހާން ވިދާޅުވިއެވެ.



އަލްހާން ވިދާޅުވީ ވަޟްޢީ ޤާނޫނުގައި މީހަކާމެދު ސާބިތުނުހިފޭ އަބުރުގެއްލިދާފަދަ ވާހަކަ ދެއްކުމާ ލިޔުމާ ކުރެހުމާ، އިޝާރާތް ކުރުންވެސް ޖިނާއީ، މަދަނީ ކުށުގެ ގޮތުގައި ބަޔާންވެގެންވާކަމަށެވެ. އެހެންކަމުން އަދި އަބުރާބެހެވޭ ބަސްބަހާ ކަންކަން ވަކިވަކިން ޤާނޫނުގައި ލިޔުމަކީ ޖޯކެއްކަމަށް އަލްހާން ސިފަ ކުރެއްވިއެވެ.



ރައީސް ނަޝީދު އިއްޔެ އާއްމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ ގިނަ ބަޔެއްގެ ނަޒަރުގައި ވަކި މީހަކީ ލާދީނީ މީހެއް ކަމަށް ބުނެވެން ޖެހޭ ކަމަށާއި ހާއްސަކޮށް އެމީހަކީ އެހެން މީހެއްގެ ނަޒަރުގައި އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ނަމަ އެގޮތަށް ބުނެވެން ޖެހޭ ކަމަށް މީހުން ގަބޫލު ކުރާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


12

އިބްރަ

05-Jun-2021

ކިހައިވަރަކަށް ސާބިތުވެގެންތޯ ރ ޔާމީން ޖަލަށްލާފަ އެ ހުންނެވީ?


-4

އަޒީ

05-Jun-2021

100% މުސލިމު ޤައުމެއްގައި ހަދަނޖެހެޔ ވަޟަޢީ ޤާނުނުތަކެއް ނެތް ކުރަން އޮތް ކަމަކީ ޙައްދު ކަނޑައެޅިފަިނުވާ ކުށްތަކަށް ދެވޭނެ އަދަބު ކަނޑައެޅުން އެހެނީ އިސްލާމީ ޝަރީޢާ ގެ މައިގަނޑު 2 މަސްދަރު ކަމަށްވާ ކީރިތި ޤުރުއާނާއި ސުންނަތުގައި ވަނީ އެއްވެސް ކުށެއް ބާކީނޮކޮށް ހުރިހާކުށެއް ކަޑައަޅުއްވާފަ


2

ހަނީފް

05-Jun-2021

އެކަން ހުރިހާ މީހުން ނައްވެސް އިގޭ ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ ހަރާމް ކަމެއްކަން ނަމަވެސް މީހުންގެވިޔާނުދާކަމުން ކިޔަނީތަ



ޓްރެންޑިން