ކޯވިޑަށް ޕޮޒިޓިވްވި ރާއްޖޭގެ އެންމެ މޮޅު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ބަލި ރަނގަޅުވެއްޖެއެވެ.

އަޝްފާޤު މިއަދު ބުނީ އެންމެފަހުން ހެދި ޓެސްޓުން އޭނާ ނެގެޓިވްވެފައިވާކަމަށެވެ. އެހެންކަމުން މާދަމާ ވަރލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމާއި މާދަމާ ގުޅޭނެކަމަށް އަޝްފާގު ބުންޏެވެ.



އަލީ އަޝްފާގު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ވޯލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން މެޗުތައް ކުޅުމަށް ޗައިނާއަށް ފުރުމުގެ ކުރިން ހެދި އެންމެ ފަހުގެ ޕީސީއާރު ޓެސްޓްތަކުންނެވެ. އަޝްފާގުގެ އިތުރުން ޑިފެންޑަރ އަލީ ޝާމިސްވެސްވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ގުރޫޕުގެ މެޗްތައް ރޭވިފައިވާ ގޮތުން މިރޭ ރާއްޖެ ނިކުންނާނީ ސީރިޔާއާއި ދެކޮޅަށެވެ. ރާއްޖެ އާއި ޗައިނާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އަދި ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ޓީމް ކުޅޭ ފަހު މެޗްގައި ނިކުންނާނީ މިމަހުގެ 15ވަނަ ދުވަހު ފިލިޕީންސާއި ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން