ވިލިމާލެ ފެރީ ގިމަތަ (ޓާމިނަލް) އާއި ވިލިމާލެ ފެރީތައް އޭސީ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެެވެ.

އަލަށް ހުވާކުރި މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވީ ވިލިމާލެ ފެރީ ގިމަތައާއި ވިލިމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތައް އޭސީކުރަން ހުށަހެޅުމުން ސިޓީ ކައުންސިލުން އެހުށަހެޅުން ފާސްކޮށްފައިވާކަމަށެވެ.



ނަހުލާ ވިދާޅުވީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ފެރީ ޓަރމިނަލްއާއި ފެރީތައް އޭސީ ކުރެވިގެންދާނެކަމަށެވެ.

ނަހުލާ ވިދާޅުވީ ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ޤާއިމްކުރަން ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ.

މާލެ ސިޓީގެ އާ ކައުންސިލު ހުވާކުރިތާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ލާބައާއި ފަސޭހަ ވާނެ ގިނަ ކަންތައްތަކެއް ތަންފީޒު ކުރަން ނިންމައި ބައެއް ކަންކަން މިހާރު ވަނީ ތަންފީޒު ކުރަންވެސް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން