އިމަރޖެންސީ މެޑިކަލް ހާލަތްތަކަށް ވަކި ހާއްސަ ހިދުމަތްތަކެއް ގާއިމްކުރަން ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެެވެ.

އެގޮތަށް ނިއްމައިފައިވާކަން ހާމަކުރީ ކޮވިޑް-19 ގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގަށްފަހު އާއްމުކުރި ރިވިއު ރިޕޯޓުގައެވެ.

މިގޮތުން އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް ޓީމުން މަސައްކަތް ކުރާގޮތް ބަދަލުކޮށް އިމަޖެންސީ ކޯލްތައް ކެޓަގަރައިޒްކޮށް އެ ކޯލްތަކާއި ގުޅިގެން އަމަލުކުރާ ގޮތް ބެލޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން އެމަޖެންސީ ކޭސްތަކުގެ މައުލޫމާތު ޑޮކްޓަރުންނަށް ވަގުތުން ލިބި ޑޮކްޓަރުން އެކަންކަމަށް އެޓެންޑްވޭތޯ ބަލާނެ އިންތިޒާމުތައްވެސް ޤާއިމުކުރާނެކަން ހެލްތް މިނިސްޓްރީން ނެރުނު ރިވިއުގައި ބުނެފައިވެއެވެ.

މީގެއިތުރުން ކޯވިޑް ބަލީގެ މީހުން ޑޮކްޓަރަށް ދައްކާ އައުޓް ޕޭޝަންޓްގެ އުސޫލުން ފަރުވާ ލިބޭނެ އިންތިޒާމުތައް މާލެ ސަރަހައްދުގައި ހަމަޖައްސައި އެތަންތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު މިހާރު ފަށާފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އަދި އިމަޖެންސީ ހާލަތުގައި އެމްބިއުލާންސަށް އެދެފިނަމަ އެ ބޭނުންވާ ހިދުމަތް ދިނުމަށް އެމްބިއުލާންސް ފޮނުވަންޖެހޭ އިންތިޒާމުތައް ހަމަޖައްސާ އިމަޖެންސީ މެޑިކަލް ސާރވިސް ވަކި ހިދުމަތެއްގެ ގޮތުގައި ހަމަޖައްސައި އެކަމަށް ވަކި ނަމްބަރެއް ކަނޑައަޅާ އެކަން ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ހެލެތު މިނިސްޓްރީގެ ރިވިއުގައި ބުނެފައި ވެއެވެ.

ހެލްތު މިނިސްޓްރީގެ ރިވިއުގައި ބުނެފައިވަނީ މިޝްކާގެ ހާލު ދެރަވެ ކޯލް ސެންޓަރަށް އެކަން އެންގުމުން އެމްބިއުލަންސް ފޮނުވުމަށް ނިންމި ނަމަވެސް އެމްބިއުލަންސް އެކްޓިވޭޓް ކޮށްފައިނުވާކަމަށެވެެ. އެތައް ގަޑިއިރެއްފަހުން އެމްބިއުލަންސް ދިޔައީ ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން މީހަކު އެޗްއީއޯސީއަށް އައުމުން ކަމަށާއި އަދި އެމްބިއުލަންސް ދިޔައިރު މިޝްކާގެ ހަރަކާތެއް ނެތުމުން ވަގުތުން ސީޕީއާރު ފެށި ކަމަށް ރިޕޯޓުގައިވެއެެވެ. މި ހާދިސާގައި އެމްބިއުލަންސް ޚިދުމަތް ދޭންޖެހޭ ވަގުތަށް އެކަން ކޮށްފައި ނުވާ ކަމަށާއި އެ ޚިދުމަތް ދިނުމަށް 2 ގަޑިއިރާއި 26 މިނެޓު ހޭދަވެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދަރުމަ

05-Jun-2021

ޥ ދެރަ މިހެން ލިޔާކަށްވެސް ބޭނުމެއްނޫން. އެކަމުވެސް އަޅުގަނޑަށް ބެލެނިވެރިންނަށް ކަން ކުރެވުނުގޮތް އެހާ ރަނގަޅެއްނޫން. ބަޔަކަށް ބަލާކަށްނުޖެހޭ ކޮވިޑްޖެހިފަ ހުއްޓަސް ކުއްޖެއްގެ ފުރާނަ މާ މުހިއްމު. ދަރުބާރުގެ އަށް މީހަކު ފޮނުވުނު ގޮތަށް ވަގުތުއޮއްވަ ކުއްޖާ ދެމީހުންވެގެން އުފުއްލަިއިގެން ނަމަޗެސް މަގަށްނިކުމެ ޓެކްސީއަކަށް އަރުވަިގެން ހޮސްޕިޓަލަށް ގެންދެވުނު ނަމައޭ އަޅުގަމޑު ހަމަ ހިތަށްއަރަނީ. އަޅުގަނޑަށްވެސް ދިމާވި ތިކަހަލަކަމެއް ސައިކަލުގަ ކުއްޖާ ގޮވަިގެން ދެމީހުންވދިޔައީ ﷲ ގެ ރަކުމަތުން ކުއްޖާ ސަލާމަތްވި.



ޓްރެންޑިން