ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ އިތުރު 5 މީހަކު މިއަދު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ނިޔާވެފައިވަނީ 5 އަންހެނުން ކަމަށެވެ. މިއަދު ނިޔާވި މީހުންގެ ތެރޭގައި ޢުމުރުން 28 އަހަރުގެ ޒުވާނަކުވެސް ހިމެނެއެވެ.

ރާއްޖެއިން މިއަދު ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ، ރޭ ދަންވަރު ނިޔާވި 64 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނަކާއި ފަތިހު ނިޔާވި 28 އަހަރުގެ އަންހެނެއްގެ އިތުރުން ހެނދުނު ނިޔާވި 68 އަހަރުގެ އަންހެނެކެވެ. އޭގެތެރެއިން 28 އަހަރުގެ އަންހެން މީހާއަށް ފަރުވާދެމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަދި އަނެއް 3 މީހުންނަށް ފަރުވާ ދެމުންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.



މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 182އަށް އަރާފައެވެ. މިބަލީގައި މިމަހުގެ ފުރަތަމަ ދުވަހުވެސް 8 މީހުން ވަނީ ނިޔާވެފައެެވެ.



ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ކޭސްތަކުގެ އަދަދު މިހާރު ވަނީ ދަށައް ދާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން