މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އުމުރުން 18 އަހަރުން ދަށުގެ 111 ކުއްޖަކަށް ގެވެށި އަނިޔާކޮށްގެން މައްސަލަ ހުށަހަޅާފައިވާކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތައް މިދިޔަ އަހަރަށް ވުރެ އިތުރެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 158 މައްސަލަ ހުށަހަޅާފައިވާއިރު، މިއަަހަރު މިއަދަދު އުޅެނީ 192ގައެވެ.

މި މައްސަލަތަކަށް ބަލާއިރު ގެވެށި އަނިޔާގެ 271 މައްސަލަ ހިމެނެއެވެ. އޭގެތެރޭގައި 208 އަންހެހަނަކާއި 68 ފިރިހެނުން ހިމެނެއެވެ.

އަނިޔާލިބިފައިވާ މީހުންގެ ތެރެއިން 160 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ. އެއީ 133 އަންހެނުންނާއި 27 ފިިރިހެނުންނެވެ. އަދި ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 111 ކުއްޖަކުވެސް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ 59 އަންހެން ކުއްޖަކާއި 41 ފިރިހެން ކުދިން ހިމެނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރެވުނު ގެވެށި އަނިޔާގެ 6 ބާވަތުގެ ތެރެއިން ވެސް ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން ހަމަލާދިނުމުގެ މައްސަލަތައް މިދިޔަ އަހަރަށްވުރެ އިތުރުކަން ތަފާސްހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން