ރާއްޖޭގައި ގާއިމްކުރާ ބޭރުގެ ކޮންސިއުލޭޓެއް އުވާލުމަކީ ނާދިރު ކަމެއްކަމަށްވާތީ އެފަދަ ކަމެއް ކުރުމުގެ ކުރިން މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ރަނގަޅަށް ވިސްނެވުމަށް ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ ހަސަން އުގައިލް މިހެން ވިދާޅުވެފައިމިވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އިންޑިޔާ ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމްކުރުމުން ލިބޭނެ ފައިދާތަކާމެދު ސުވާލު އުފައްދަވައި ވާހަކަ ދައްކަވަމުން އުގައިލް މިއަދު ވިދާޅުވީ ‏ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހެދުމަށް ފަހު އެތަން އުވާލުމަކީ ވަރަށް ނާދިރު ކަމެއްކަމަށެވެ. އަދި އެ ކޮންސިއުލޭޓް އުވާލެވޭނެ ހަމައެކަނި ގޮތަކީ އެގައުމަކާއި އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން އެއްކޮށް ކަނޑާލައިގެންކަމަށް އުގައިލް ވިދާޅުވިއެވެ. އެހެންކަމުން އެކަމާއި މެދު ވިސްނެވުމަށް އުގައިލް ގޮވާލެއްވިއެވެ.



އުގައިލް މީގެކުރިންވެސް ވަނީ އިންޑިޔާގެ ކޮންސިއުލޭޓް އެޅުމާއި ‏ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުންް އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭކަމަށް އުގައިލް ވިދާޅުވިއެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭކަމަށްވެސް އުގައިލް ވިދާޅުވިއެވެ. ‏އެހެންނޫންނަމަ، ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބަ އޮތްކަމަށާއި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވާކަމަށް އުގައިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން