ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސަލާމަތާ ރައްކާތެރިކަން ފޫއަޅުވާލި ގޮތް ބެލުމަށް 241 ކޮމިޓީން ކުރިއަށްގެންދާ ތަހުގީގަށް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު މިއަދު ހާޒިރުކޮށްފިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ ތަހުގީގަށް ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދު ހާޒިރުކުރީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ކޮމިޝަނަރު ހަމީދު ކޮމެޓީއަށް ހާޒިރުކޮށްފައިވާއިރު ވަކި ވަކި ފުލުހުންވެސް ހާޒިރު ކުރުމަށްވަނީ ނިންމާފައެވެ. ކޮމިޝަނަރު ހާޒިރުކޮށްފައިވަނީ އިންޓެލިޖެންސާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށެވެ.



މެއި 6ވަނަ ދުވަހުގެ ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިނުވާކަމަށް އެ ހާދިސާއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވެފައިވެއެވެ. ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަން ހާމަކޮށްފައެވެ. ކޮމިޓީއަށް ހާޒިރުވުމަށް ޗީފް އޮފް ޑިފެންސް ފޯހާއި ވައިސް ޗީފް އޮފް ޑިފެންސްފޯހަށްވެސް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން