ކޮވިޑް ޖެހިގެން އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެ ނިޔާވި މައްސަލަ ތަހުގީގުކޮށް ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓުން ހާމަވެގެން ދިޔައީ މުޅި ސިއްހީ ނިޒާމު ފެއިލްވެ ބޮއްސުން ލާފައިވާ މިންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހައިތަމް މިއަދު ވިދާޅުވެއްޖެއެވެ.

މިޝްކާގެ މަރުގެ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހައިތަމް ވިދާޅުވީ، ހެލްތުން ހެދި ރިވިއުއިން ހާމަވެގެންދިޔައީ މުޅި ސިއްހީ ނިޒާމް ފެއިލްވެ ބޮއްސުންލާފައިވާ މިންވަރު ކަމަށާއި، މުޅި ސިއްހީ ދާއިރާ ރިފޯމް ކުރަންޖެހޭކަން ކަމަށެވެ. ރާއްޖޭގެ ސިއްހީ ނިޒާމު އޮތް ހާލަތާމެދު ޚައިތަމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މި ރިވިއުއިން އެނގިގެން ދިޔައީ މުޅި ސިއްހީ ނިޒާމު އިސްލާހު ކުރަން ޖެހިފައިވާކަން، އެއް ދިމާ ދެ ދިމާއެއް ނޫން، މުޅި ނިޒާމު ވަނީ ފެއިލްވެފައި. މުޅި ނިޒާމުގައި ވަނީ ދޯހަޅިކަމާއި ފަރުވާ ކުޑަކަން، ނިޒާމު އޮތީ މުޅިން ބޮއްސުން ލާފައި." ހައިތަމް ވިދާޅުވިއެވެ.



ހައިތަމް ވަނީ މި މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމައި ރިޕޯޓް ނެރުނީތީވެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަށް ޝުކުރު އަދާކުރައްވާފައެވެ.

މިޝްކާގެ ގެއަށް އެމްބިއުލަންސް ގޮސްފައި ވަނީ އެމްބިއުލަންސަށް ގުޅިތާ ދެ ގަޑިއިރު ފަހުންކަން އެމައްސަލައިގައި ހެލްތުން ހެދި ތަހުގީގު ރިވިއުއިން ވަނީ ހާމަވެފައެވެ. އެމްބިއުލާންސް ފޮނުވި ކަމަށް ބުނެ އާއިލާއަށް އެންމެ ފުރަތަމަ ދިނީވެސް ދޮގު މައުލޫމާތު ކަމާއި އެމްބިއުލާންސް ފޮނުވީ ދަރުބާރުގެއަށް އާއިލާ މީހަކު ދިޔުމުން ކަމަށް ރިޕޯޓްގައިވެއެވެ. ހެލްތުން ހެދި ރިވިއުގައި ހުރި ބައެއް ވާހަަކަތައް އާއިލާއިން މިއަދު ވަނީ ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން