ޖެޓްސްކީ އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ނިޔާވެއްޖެ އެވެ.

ށ. ފުނަދޫގައި ހިނގި މި އެކްސިޑެންޓްގައި ބިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ޒުވާނެކެވެ.

ފުލުހުންގެ އިދާރާއިން ބުނީ ށ. ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއް އަނބުރާލި ވަގުތު އެ ޖެޓްސްކީގެ ފަހަތުގައި އިން މީހާ ވިއްސައިގެން އެއްގަމުގައި ޖަހާފައި ހުރި ދަގަނޑެއްގައި ޖެހި ޒަހަމުވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މިހާދިސާގައި ޒަހަމުވި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެެވެ.

ފުލުހުން ގެންދަނީ މިހާދިސާ ތަހުގީގްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން