އަހުމަދު މަސްނޫމް   6 ޖޫން 2021 - 14:17
ރާއްޖެއިން ކޯވިޑް ޖެހިގެން މިއަދުގެ މިހާތަނަށް 2 މީހުން ނިޔާވެެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ ފިރިހެނެއް ރޭ ދަންވަރު 12:47 ހާއިރު ނިޔާވެފައިވާކަމަށެވެ. އަދި މިއަދު ހެނދުނު 8:00 ހާއިރުވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 82 އަހަރުގެ އަންހެނެއް ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

93 އަހަރުގެ މީހާގެ މަރާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 184 އަށް އަރާފައެވެ.



ރާއްޖެއިން އިއްޔެވެސް 4 މީހަކު ކޯވިޑް ޖެހިގެން ނިޔާވެފައިވާއިރު، އޭގެތެރޭގައި 28 އަހަރުގެ އަންހެނެއްވެސް ހިމެނެއެވެ.

184 މީހުން ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 167 ދިވެހިންނާއި 17 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން