ރައްޔިތުން ނުރުހޭ ކަމެއް އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފިނަމަ އެކަމަށް ރައްޔިތުން ޖަވާބުދޭނީ ވޯޓް ފޮށިން ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސަރުކާރުން ފޮނުވާ ބިލްތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރެވިދާނެ ކަމަށެވެ. ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ބުނާގޮތުން ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ރައްޔިތުން ނުރެހޭ ކަމެއް މަޖިލީހުން ފާސްކޮށްފިނަމަ އެކަމަށް ރައްޔިތުން ޖަވާބުދޭނީ ވޯޓްފޮށިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ނުރެހޭ ކަމެއް ފާސްކުރާއިރު ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި "ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން" ކަން ދަންނަންވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



" ރައްޔިތުން ޖަވާބުދޭނީ ވޯޓްފޮށިން، ދިވެހިންނަކީ ހޭލުންތެރިބައެއް" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މުސްލިމަކާ ދިމާއަށް ލާދީނީ ކިއުމަކީ ބޮޑު އަދަބެއް ލިބޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙް ހުށައެޅުމާއެކު، އެ އިސްލާޙާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު ވަނީ އަޑު އުފުލާފައެވެ. އެގޮތުން ސަރުކާރު ކޯލިޝަންގެ އެމްޑީޕީއާއި އެމްއާރުއެމް ފިޔަވާ އެހެން ޕާޓީތަކާއި، ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންވެސް ވަނީ އެ އިސްލާޙާ ދެކޮޅުކަން ހާމަކޮށްފައެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙުގައި ވަނީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެއް ކަމަށެވެ. އެ އިސްލާހާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލި ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ އެކަމަށް ގޮންޖަހައި އިސްލާހު ފާސްކުރާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

1234

08-Jun-2021

ތިއީތެދެއް . ޔާމީނަށްވެސް ވީތިގޮތް



ޓްރެންޑިން