ހުޅުމާލޭގައި ހެދިޔާ ވިއްކާ މީހުން ހެދިކާ ވިއްކުމަށް ޚާއްސަ ޓެންޓުތަކެއް ބެހެއްޓުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި ޓެންޓުތައް ބަހައްޓާނީ ހުޅުމާލެ ނެއިބަހުޑް 1، 2 އަދި 3 ގައިކަމަށެވެ. އަދި ޓެންޓުތައް ބަހައްޓާނީ ޕާކެއް ހިމެނޭގޮތަށްކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި މަސައްކަތް ނިންމުމުން ހުުޅުމާލޭގައި ހެދިކާ ވިއްކުމަށް ރަޖިސްޓްރީ ކުރާ މީހުންނަށް އެ ތަންތަނުން ފުރުސަތު ދޭނެކަމަށެވެ.



ހުޅުމާލޭގައި ހެދިކާ ވިއްކާ މީހުންނަށް ހާއްސަކޮށްގެން މިހާރުވެސް ގާޑިޔާތަކެއް ބަހައްޓާފައި ހުރެއެވެ. ނަމަވެސް އެތަންތަނަކީ ކާބޯތަކެތި ވިއްކުމަށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދާފައިވާ ތަންތަނެއް ނޫނެވެ. ހެދިކާ ވިއްކުމަކީ ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން