އަހުމަދު މަސްނޫމް   6 ޖޫން 2021 - 17:36
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުޤީގަށް މާލެ ސިޓީގެ ކުރީގެ މޭޔަރ ސިފާ މުހައްމަދު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުޤީގަކީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިއަށްގެންދާ ތަހުޤީގެކެވެ. މި ތަހުޤީޤުގެ މިއަދުގެ ބައްދަލުވުމަށް ސިފާ ހާޒިރުކޮށްފައިވާއިރު، އެކަމަނާއަކީ ބޮމުގެ ހާދިސާ ހިނގިއިރު މާލެ ސިޓީގެ މޭޔަރެވެ. ނަމަވެސް ސިފާ ހާޒިރުކޮށް ސުވާލުކުރަނީ ކޮން ކަމަކާއި ގުޅިގެންކަމެއް މަޖިލީހުން ހާމައެއް ނުކުރައްވައެވެ.



މަޖިލީހުގެ ތަހުޤީޤަށް ސިފާ ހާޒިރުކޮށްފައިވާއިރު، ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކާއި ނީލޯފަރުހިނގުމުގައި ޕާކުނުކުރެވޭ ގޮތަށް ހަދައިދިނުމަށް އެމްއެންޑީއެފުން ސިޓީ ކައުންސިލްގައި އެދިފައިވަނިކޮށެވެ. މިކަމުގައި ސިޓީ ކައުންސިލުން ބުނީ ސަލާމަތީ ބާރުތަކުން އެދުމުން އެކަމުގެ ހުއްދައަށް ޕްލޭނިން މިނިސްޓްރީގައި އެދުނުކަމަށެވެ. ނަމަވެސް އެކަން ނުކުރެވި ވަނީ ޕްލޭނިންގ މިނިސްޓްރީން ހުއްދަ ނުދެއްވާތީ ކަމަށެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ ސިޓީ ކައުންސިލުން ފޮނުވިކަމަށް ބުނާ ލިޔުން ލިބިފައިނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން