އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން، މަޝްރޫޢުގެ އީ.އައި.އޭ ކޮންސަލްޓެންޓް، ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެކު އައްޑޫ ސިޓީ ކައުންސިލުން މަޝްވަރާކޮށްފައިވާކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ ދަރަނި އެހީގައި އައްޑޫގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ / މަރަދޫފޭދޫން 75 ހެކްޓަރ އަދި ރިސޯޓުތައް ތަރައްޤީ ކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.



އައްޑޫ ސިޓީގައި ބިން ހިއްކުމަށް އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ނަމުގައި ހާއްސަ ޕްރޮޖެކްޓެއް ސަރުކާރުން ވަނީ ފަށާފައެވެ. އަދި އައްޑޫ ސިޓީގައި ބިން ހިއްކުމަށްޓަކައި ހިންގާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 268.3 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ވަނީ ހަމަޖެހިފައެވެ. ލައިން އޮފް ކްރެޑިޓަކީ ކަނޑައެޅިފައިވާ ވަކި އަދަދެއް ހަމަވަންދެން އަނބުރާ ދައްކާގޮތަށް ނަގާ ދަރަންޏެކެވެ. އަދި އަނބުރާ ދައްކާނީ ދަރަނި ދޫކުރާ އިންޓަރެސްޓަކާ އެކުގައި ކަނޑައަޅާ މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވާން ތާއީދު ކުރަށްވާ ފަރާތްތަކުން އެކޮންސިއުލޭޓް ހުޅުވަން އެންމެ ބޮޑަށް ތާއީދު ކުރަށްވަނީ މި ލައިން އޮފް ކްރެޑިޓާއި ގުޅުވައިގެން އަންނާނެ ތަރައްގީ ތަސައްވުރު ކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން