އޮޑިޓަރ ޖެނެރަލްކަމަށް‌‎ ‌‏ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ‌‏ރައީސުލްޖުމްހޫރިއްޔާގެ ‌‏އޮފީހުން މިއަދު އިތުރު ކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް މަގާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތުގެ މުއްދަތު، 16 ޖޫން 2021 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، އެމަގާމުގައި ހުންނެވި ހަސަން ޒިޔަތު މިމަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ.

ޒިޔަތު އިސްތިއުފާ ދެއްވީ މަޖިލީހުން އާންމުކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި ވާތީއެވެ.

އިސްތިއުފާ ދެއްވި ސިޓީގައި ޒިޔަތު ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އެމަގާމުގައި ހުރުމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ދައުލަތަށް ކަރާމާތާއި ގަދަރަށް އުނިކަން އަންނަ ކަމެއް ކަމަށް ދެކޭތީ މަގާމުން އިސްތިއުފާދެއްވުމަށް ނިންމަވާކަމަށެވެ. އަދި ޚިޔާނާތައި ރިޝްވަތުގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން