ސިވިލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ ޢަލީއާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅުނު މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނަށް ހުށައެޅުނު ޤާޟީ ޢަބްދުﷲގެ މައްސަލަ އެ ކޮމިޝަނުން ތަހުޤީޤް ކުރުމަށްފަހު އެ މައްސަލަ ސާބިތު ނުވާކަމަށް މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު ނިންމާފައިވާކަމަށެވެ. ޖޭ.އެސް.ސީން ނެރުނު ބަޔާނުގައި އެ މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ޤާޟީ ޢަބްދުﷲގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށައެޅުނީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެ ކޮމިޝަނުން އެ މައްސަލަ ތަޙްޤީޤް ކުރަމުން ދާކަން ޤާޟީއަށް އެންގީ އެއަހަރުގެ ޖޫންމަހުން 3 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން