ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރި ހަތް ޕަސެންޓް މީހުން އެޑިމިޓްކުރަންޖެހުނު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، މިދިޔަ ފެބުރުއަރީ މަހުން ފެށިގެން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި 7 ޕަސެންޓް މީހުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑިމިޓްކުރަންޖެހުނު ކަމަށެވެ. އަދި ކޮވިޑު ޖެހިގެން އެޑިމިޓްކުރަންޖެހުނު 93 ޕަސެންޓް މީހުންނަކީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ މީހުން ކަމަށް މަބުރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެކްސިން ޖެހުމުން އެކަނި ބަލިން ރައްކާތެރިނުވެވޭނެ ކަމަށާއި އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

"މިހަފުތާތެރޭގައި ނޫސްވެރިންނަށް ހުޅުވާލައިގެން ވެކްސިނޭޝަންގެ ނަންބަރުތަކާއި ޑޭޓާތަށް އެކުލެވޭގޮތަށް އިންފޮމޭޝަން ސެޝަނެއް އެޗްޕީއޭގެ ފަރާތުން ރާވައި އެފަދަ ޝެޝަނެއް ކުރިއަށް ގެންދާނެ، އޭގައި މިފަދަ މައުލޫމާތުތަށް ކިޔައިދެވޭނެ. ކިޔައިދޭއިރު ގުޅޭ އެނޫން ކަންކަންވެސް ހުންނާނެތީ އެމައުލޫމާތާއެކީގައި ކިޔައިދިނުން ވިސްނުމަކީ." މަބުރޫކް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑު ޖެހިިގެން ނިޔާވި 70 އިންސައްތަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ މީހުން ކަމަށެވެ. ބަލީގައި ނިޔާވާ މީހުންގެ އަދަދު ދަށްކުރެވޭނީ ގިނަބަޔަކު ވެކްސިން ޖަހައިގެން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ނިޔާވާ މީހުންގެ ތެރެއިން ގިނައީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުން، އެއީ އުމުރުން ދޮށީވުމާއި ތަފާތު އެކި ދާއިމީ ބަލިތަށް ތަހައްމަލުކުރާ ފަރާތްތައް. އެހެންވީމަ މި ފަރާތްތަކަށް އަޅުގަނޑުމެންގެ އިރުޝާދަކީ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް. އޭގެތެރެއިން ވެކްސިން ޖަހަން އެއްބަސްވާ ހުރިހާ ފަރާތްތަކަށް ވެކްސިންޖަހަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އިރާދަކުރެއްވިޔާ ވެކްސިންގެ ކަވަރޭޖް އިތުރުވާ ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި ބަލީގަ ނިޔާވާ މީހުން މަދުކުރެވޭނެ ކަމަށް އުއްމީދުކުރަނީ." އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ފަށައިގެން ކުރިއަށްދާއިރު މިހާތަނަށް 172،263 މީހަކު ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ ބުނެފައެވެ. މިއީ ވެކްސިން ޖެހޭ އާބާދީގެ 39.17 ޕަސެންޓް މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


10

ނަޔާޒީ

08-Jun-2021

ވެކްސިން ޖެހޭނީ ވެކްސިން ލިބިގެނެއްނު.. އިންޑިއާ ގެ ދަށުވެ ކޮވިޝީލްޑް ވެކްސިން އެންމެނައް ލިބޭ ެ ކަމައް ބުނެ ތަޖުރިބާ މަރުހަލާ ފުރިހަމަ ކުރަން ބޭނުންވި ވަރައް ދިނީ..އިންޑިއާ އިންގަންނަ ލާރި ދެއްކި 2ލައްކަ ޑޯޒް ވެކްސިން ވީތަނެއް ނޭގުނު ލާރި ކޮޅު ތިޔަ ޓްރާންސްފަރ ކުރީ މޯދީ ގެ ޕާރސަނަލް އެކައުންޓައްތަ..ނޫނީ ކެރަފާ ނަސީމް ގެ އެކައުންޓައްތަ..ކޮބާހޭ ފައިޒަރ 7ލައްކަޑޯޒް ވަކްސިން..#އިންޑިއާއައުޓް



ޓްރެންޑިން